Shaheebaai zainaa broadcom in vakikurun majlis agenda ah
image
ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބު-- ފޮޓޯ: އަވަސް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ޝަހީބާއި ޒައިނާ ބްރޯޑްކޮމުން ވަކިކުރުމާމެދު ބުދަ ދުވަހު މަޖިލީހުން ގޮތެއް ނިންމަނީ

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ރައީސް މުހައްމަދު ޝަހީބު އާއި ނައިބު ރައީސާ ފާތިމަތު ޒައިނާ މަގާމުން ވަކިކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ބުދަ ދުވަހު ގޮތެއް ނިންމަން ތާވަލު ކޮށްފިއެވެ.
މާދަމާގެ އެޖެންޑާގައި އެ ދެ ބޭފުޅުންގެ މައްސަލަ ކޮމިޓީން ބަލައި ނިންމި ގޮތުގެ ރިޕޯޓް ހުށަހަޅަން ނިންމާފައިވާއިރު އެ ދެ ބޭފުޅުން މަސްއޫލިއްޔަތު އަދާ ކުރުމުގައި އިހުމާލުވެފައިވާ މައްސަލަ ބެލުމަށްފަހު ކޮމިޓީން މަޖިލީހަށް ފޮނުވި ރިޕޯޓުގައި އެ ދެބޭފުޅުން ކޮމިޝަނުން ވަކި ކުރުމަށް ކޮމިޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވެއެވެ.

އެގޮތުން މާދަމާގެ ޖަލްސާގައި ކޮމިޓީ ރިޕޯޓް ހުށަހަޅައި ބަހުސްކުރުމަށްފަހު ކޮމިޓީން އެދިފައިވާ ގޮތަށް އެ ދެބޭފުޅުން ކޮމިޝަނުން ވަކި ކުރުމަށް ފެނޭތޯ ވޯޓަށް އަހާނެއެވެ.

އެ މައްސަލަ ކުރިން ވެސް ވަނީ މިއަހަރުގެ ޖުލައި މަހު ކޮމިޓީން ނިންމައި މަޖިލީހަށް ފޮނުވާފައެވެ.

ނަމަވެސް އެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ނުގެނެސް އޭރު މަޑުޖައްސާލީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަން ކޮމިޓީން ނިންމި ގޮތުގެ އިޖުރާއަތްތަކާބެހޭގޮތުން ކަންބޮޑުވުންތަކެއް ހުރީމައެވެ.

އޭގެ ފަހުން މަޖިލީހުގެ އާ ގަވާއިދުގެ ދަށުން އެ މައްސަލަ އަލުން މަޖިލީހަށް ގެނައުމަށް އެދި ވަޑައިގެން މަޖިލީހުގެ ރައީސް ވަނީ އެ މައްސަލަ އަލުން ކޮމިޓީ އަށް ފޮނުވާފައެވެ.
ބްރޯޑްކޮމް މަޖިލިސް
ހިޔާލު