Male' ge school thakun jaaga dhinumugai dhen iskandheynee male' rahvehinnah
image
ޖަމާލުއްދީން ސްކޫލް ގެ ދަރިވަރުންތަކެއް--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި ދެން އިސްކަންދޭނީ މާލޭ ރަށްވެހިންނަށް

މާލޭގެ ސްކޫލް ތަކުން ކުދިންނަށް ޖާގަ ދިނުމުގައި އިސްކަންދޭނީ އެ ސަރަހައްދެއްގައި ދިރިއުޅޭ މާލެއަށް ރަށްވެހިވެފައިވާ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ މާލޭ ސްކޫލްތަކުން ޖާގަ ދިނުމުގައި މާލެ އަށް ރަށްވެހިވެފައިވާ ދަރިވަރުންގެ ދާއިމީ އެޑްރެހަށް ބަލައި އެ ސަރަހައްދުގެ ސްކޫލަކުން ޖާގަ ހަމަޖައްސައިދެވޭނެ ކަމަށެވެ.

ޖާގަ ދިނުމުގައި ދެ ވަނަ އަށް އިސްކަންދޭން ހަމަޖެހިފައިވަނީ ދަރިވަރުންގެ އެއްބަނޑު އެއްބަފާ ދަރިވަރުންނަށް ކަމަށްވާއިރު އެ ދަރިވަރުންނަކީ ވެސް އެ ސްކޫލު ހިމެނޭ ސަރަހައްދަށް ނިސްބަތްވާ ކުދިންނަށް ވާންޖެހެ އެވެ.

އިސްކަންދިނުމުގެ ތިން ވަނަ ކަމަކަށް ބަލަނީ އެ ސްކޫލުގައި ކިޔަވައިދޭ ދާއިމީ ޓީޗަރުންގެ އުފަން ދަރިން ނުވަތަ ގާނޫނީ ބެލެނިވެރިކަމުގެ ދަށުގައި ތިބި ކުދިންނަށް ޖާގަ ދިނުމަށެވެ.

ދެން ބާކީހުރި ޖާގަތަށް ދޭނީ މިނިސްޓްރީން ކަނޑައަޅާފައިވާ ސްކޫލު ސަރަހައްދާ އެއްގޮތްވާ ގޮތުގެ މަތިން ދަރިވަރުން ދިރިއުޅޭ އެޑްރެހަށް ބެލުމަށްފަހުގަ އެވެ.

ސާކިއުލާގައި އިތުރަށް ވަނީ ސަރުކާރު ސްކޫލްތަކުން ފައުންޑޭޝަން ނިންމައި ގުރޭޑު ކަކަށް ބަދަލުވާ ދަރިވަރުންނަށް އެ ދަރިވަރަކު ފައުންޑޭޝަން ލެވެލް ނިންމި ސަރުކާރު ސްކޫލަކުން ޖާގަ ހަމަޖެހިގެންދާނެ ކަމަށެވެ.

މީގެ ކުރިން މާލޭ ސްކޫލްތަކުން ޖާގަ ދީފައިވަނީ ނިސްބަތްވާ ރަށަކަށް ނުބަލައި ދިރިއުޅޭ އެޑްރެހަށް ބެލުމަށް ފަހުގައެވެ.
ހިޔާލު