Shakil Afridi, Usama hoadhan America ah eheeve dhin doctor
image
ޑރ. ޝަކީލް އަފްރީދީ--
0 ކޮމެންޓް
 

ޝަކީލް އަފްރީދީ، އުސާމާ ހޯދަން އެމެރިކާއަށް އެހީވެދިން ޑޮކްޓަރު

އަލް ގައިދާގެ ލީޑަރު އުސާމާ ބިން ލާދިން ހޯދަން އެމެރިކާއަށް އެހީވެދިން ކަމަށް ތުހުމަތު ކުރެވޭ ޑޮކްޓަރެއް ޖަލުން މިނިވަން ކުރުމުގެ މައްސަލަ ޕާކިސްތާނު ކޯޓެއްގައި ތާވަލުކޮށްފި އެވެ.
ޝަކީލް އަފްރީދީގެ އިސްތިއުނާފު މައްސަލަ ޕެޝާވަރު ހައި ކޯޓުގައި މިއަދު ކުރިއަށް ދާނެ އެވެ. މިއީ ޕާކިސްތާނުގައި އާއްމުކޮށް ހުޅުވާލައިގެން އޭނާގެ މައްސަލަ ބާއްވާ ފުރަތަމަ ފަހަރެވެ.

އުސާމާ ބިން ލާދިން ހޯދަން 2011 ވަނަ އަހަރު ހިންގި އޮޕަރޭޝަނާއި ގުޅިގެން އޭނާގެ މައްޗަށް ރަސްމީކޮށް އެއްވެސް ދައުވާއެއް އުފުލާފަ އެއް ނުވެ އެވެ. އޭރު އުސާމާއަކީ އެތައް އަހަރެއް ވަންދެން ހޯދާ، ނުފެނިފައިވާ މީހެކެވެ.

ޑރ. އަފްރީދީ އަބަދުވެސް ބުނެފައި ވަނީ އޭނާއަށް އިންސާފުވެރި ޝަރީއަތެއް ލިބިފައި ނުވާ ކަމަށެވެ. އޭނާ ޖަލަށް ލުމުން ދުނިޔޭގެ ގައުމުތަކުން އެކަން ކުށްވެރިވެސް ކުރި އެވެ.

އަދި އެކަމާއި ގުޅިގެން އެމެރިކާއިން ޕާކިސްތާނަށް ދޭ އެހީއިން 33 މިލިއަން ޑޮލަރު ކަނޑާލި އެވެ. އެއީ ޑރ. އަފްރީދީ ޖަލުގައި ހުންނަން ޖެހޭ ކޮންމެ އަހަރަކަށް މިލިއަން ޑޮލަރެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2016 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުގައި ވިދާޅުވީ ފުރުސަތު ލިބިއްޖެ ނަމަ ދެ މިނެޓުގެ ތެރޭގައި ޑރ. އަފްރީދީ މިނިވަން ކުރުވާނެ ކަމަށެވެ. އެކަމަކު އަދިވެސް އޭނާ ހުރީ ޖަލުގަ އެވެ.

އެމެރިކާގައި ޑރ. އަފްރީދީ "ހީރޯ" އެއްގެ ގޮތުގައި ސިފަ ކުރި ނަމަވެސް، ޕާކިސްތާނުގައި ގިނަ މީހުން އޭނާ ދެކެނީ ހިޔާނާތްތެރިއެއްގެ ގޮތުގަ އެވެ. އަދި ގައުމަށް ލަދުވެތިކަން ގެނައި މީހެއްގެ ގޮތުގަ އެވެ.

އެމެރިކާގެ ނޭވީ ސީލުން ވަނީ ޕާކިސްތާނުގައި އުސާމާ ހުރި ތަނަށް ގޮސް، އޭނާގެ ހަށިގަނޑު ހިފައިގެން އަނބުރާ ގޮސްފަ އެވެ. އެކަން ހިނގިއިރު ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކަށް ނޭނގޭ ކަމަށް ވެއެވެ.

އަދި ބިން ލާދިން ޕާކިސްތާނުގައި އުޅެމުން ދިޔަކަން އެގައުމުގެ އަސްކަރިއްޔާއަށް އެނގި، އަޅާ ނުލާ ތިބި ކަމާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދަން ވެސް ފެށި އެވެ.
އެމެރިކާ ޕާކިސްތާން
ހިޔާލު