Remittance tax negun uvaalanee
image
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަލޮޅު ދަނޑުގައި--
0 ކޮމެންޓް
 

ރެމިޓެންސް ޓެކްސް ނެގުން އުވާލަނީ

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އެމީހުންގެ ގައުމަށް ފޮނުވާ ފައިސާއިން ދައުލަތަށް ނަގާ ޓެކްސް އުވާލަން ސަރުކާރުން ނިންމައިފި އެވެ.
ރެމިޓެންސް ޓެކްސް ނެގުން އުވާލަން ސަރުކާރުން ހުށަހަޅާ ސަބަބަކީ ބޭންކުތަކުގެ ބޭރުން ފައިސާގެ މުއާމަލާތުގެ ކުރުން އިތުރުވެފައި ވާތީ އެވެ.

ފިނޭންސް މިނިސްޓްރީގެ ޓެކްސް ޕޮލިސީ ކޮންސެލްޓެންޓް އަރުޝަދު ޖަމީލް ބައެއް ނޫސްތަކަށް ވިދާޅުވީ އެ ޓެކްސް ތައާރަފް ކުރުމާއެކު ބޭންކުތައް މެދުވެރިކޮށް ބޭރަށް ފޮނުވާ ފައިސާ މަދުވި ކަމަށެވެ.

ރެމިޓެންސް ނަގަން ފެށީ ވަޒީފާއާ ބެހޭ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހަކަށް ފަހު އެވެ. އެ އިސްލާހާއެކު ބިދޭސީ މަސައްކަތްތެރިން މުސާރަ ޖަމާ ކުރަން ޖެހެނީ ރާއްޖޭގެ ބޭންކު އެކައުންޓަކަށެވެ.

ބިދޭސީ މަސައްކަތްތެރިން ކޮންމެ އަހަރަކު 500 މިލިއަން ޑޮލަރު މުސާރައިގެ ގޮތުގައި ބޭރު ކުރެ އެވެ. އޭގެ ތެރެއިން ރެމިޓެންސް ޓެކްސަށް 2017 ގައި 114 މިލިއަން ރުފިޔާ ލިބުނު އިރު، މިދިޔަ އަހަރު ލިބުނީ 101 މިލިއަން ރުފިޔާ އެވެ.
ހިޔާލު