Gaidheenge sitee thakehge massala Majileehuge committee ah
image
ގައިދީންތަކެއް މަސައްކަތުގައި-- ފޮޓޯ: ވަން އޮންލައިން
0 ކޮމެންޓް
 

ގައިދީންގެ ސިޓީތަކެއްގެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް

ރާއްޖޭގެ އެކި ޖަލުތަކުގައި ތިބޭ ގައިދީން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވާފައިވާ ސިޓީތަކެއްގެ މައްސަލަ ބެލުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ފޮނުވައިފި އެވެ.
މިއަދު މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ތިން މަހުގެ ތެރޭގައި ޖަލުތަކުގެ ގައިދީންގެ ފަރާތުން 16 ސިޓީއެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

"އެއީ ޖަލުގައި ތިބޭ ކުދީން، ތިބޭ މީހުން އެކިއެކި ކަންކަމާ ގުޅޭ ގޮތުން ކުރާ ޝަކުވާ، އެމީހުންގެ އުދާސްތައް. އެބޭފުޅުން، އެމީހުން، އެ ކުދިން، ސިޓީ ފޮނުވީމާ އަޅުގަނޑަށް އަނެއްކާވެސް މި ފޮނުވޭނީ ކަމާ ބެހޭ ކޮމިޓީއަކަށް،" ނަޝީދު ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑު މަޑުކޮށްގެން ހުރީ ވަކިވަކި ސިޓީ ނުފޮނުވާ ސިޓީ ކޮންމެވެސް އަދަދެއް ހަމަ ވީމާ ފޮނުވަން. އަޅުގަނޑު އެކުލަވާލާފައި ވާނެ އެ ސިޓީތަކުގެ ކުޑަ ހުލާސާއަކާ އެކުގައި، ހިއުމަން ރައިޓްސް ކޮމިޓީއަށް މި ސިޓީތަކުގައިވާ މައުލޫމާތު އަޅުގަނޑު ފޮނުވާނަން،" ނަޝީދު އިތުރަށް ވިދާޅުވި އެވެ.

ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި ބެހޭ ގޮތުން ގައިދީން އަބަދުވެސް ޝަކުވާ ކުރެ އެވެ. އެ މައްސަލަ ބެލުމަށް ޖަލުތަކުގެ އޮޑިޓް ކޮމިޓީއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި އެވެ، އެ ކޮމިޓީގެ ރިޕޯޓުގައި ވެސް ވަނީ ޖަލުތަކުގެ ގިނަ މައްސަލަތަކެއް ފާހަގަކޮށްފަ އެވެ.

ޖަލުތަކުގެ ހާލަތާއި މެދު ދިވެހި ހުރިހާ ރައްޔިތުން ލަދުގަންނަން ޖެހޭ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައި ވާއިރު، ކަންކަން ރަނގަޅު ކުރުމަށް ވަކި މުއްދަތުތަކެއް ވެސް ދީފައި ވެއެވެ.
ހިޔާލު