Mental health ambassadorunge thamreen ninmaalaifi
image
ޕްރޮގްރާމްގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަހްމަދު--
0 ކޮމެންޓް
 

މެންޓަލް ހެލްތު އެމްބެސެޑަރުންގެ ތަމްރީން ނިންމާލައިފި

މެންޓަލް ހެލްތު އެމްބެސެޑަރުން ތަމްރީނު ކުރުމަށް ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި ސޮސައިޓީ ފޮ ހެލްތް އެޑިއުކޭޝަން (ޝީ) ގުޅިގެން ކުރިޔަށް ގެންދިޔަ ޕްރޮގްރާމްގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަހްމަދު ބައިވެރިވެވަޑައިގެންފި އެވެ.
މި ރަސްމިއްޔާތުގައި މެންޓަލް ހެލްތް އެމްބެސެޑަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެ ސެޓްފިކެޓް ހާސިލު ކުރެއްވި 18 ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.

ދިހަ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައި ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް ނާސިންގައި އުނގެނެމުންދާ ދަރިވަރުންނަށް ހާއްސަކޮށްގެންނެވެ.
ހިޔާލު