1.5 billion dollar ge eheege ebbasvumehga soikoffi
image
އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފްލާ--
1 ކޮމެންޓް
 

1.5 ބިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެއަށް 1.5 ބިލިއަން ޑޮލަރުގެ އެހީ ދިނުމުގެ ފްރޭމްވޯކް އެގްރީމެންޓުގައި ފިނޭންސް މިނިސްޓްރީ އާއި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި ހަފްލާއެއްގައި ރާއްޖޭގައި ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. ކުރުނބާ މޯލްޑިވްސްގައި އޮތް އެ ހަފްލާގައި އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހާނީ ސަލީމް ސޮންބޮލް އެވެ.އެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީރު ވިދާޅުވީ އެ ކޯޕަރޭޝަނުން ދަނީ 2008 އިން ފެށިގެން ރާއްޖެ އަށް އެހީވަމުން ކަމަށާއި، މިއަދު ސޮއިކުރި އެއްބަސްވުމަކީ އަގު ނުކުރެވޭ ވަރުގެ އެއްބަސްވުމެއް ކަމަށެވެ.

"ރާއްޖޭގައި އުފައްދާ ކަރަންޓަށް ބޭނުންވާ 80 ޕަސެންޓް ތެލަކީ އައިޓީއެފްސީގެ އެހީގައި ގަންނަ ތެލުން އުފައްދާ ކަރަންޓް. ރާއްޖެއަށް އެތެރެކުރާ ތެޔޮ އެތެރެ ކުރުމަށް އައިޓީއެފްސީ އިން ދީފައިވާ އެހީއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ހިއްސާއެއް" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ލިބޭ އެހީގެ ސަބަބުން ދިރިއުޅުމުގެ ފެންވަރު ކުރި އަރާނެ ކަމަށާއި އޭގެ ފައިދާ ދަނޑުވެރިންނާއި، ކުދި ވިޔަފާރިއަށް ކުރާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އައިޓީއެފްސީގެ ސީއީއޯ ސަލީމް ވިދާޅުވީ އެ ކޯޕަރޭޝަނުން އެންމެ ބޮޑަށް އެހީދޭ އެއް ގައުމަކީ ރާއްޖެ ކަމަށާއި ކުރިއަށް އޮތް ތަނުގައި މަސްވެރިކަން ފަދަ ދާއިރާތަކަށް އިތުރަށް އެހީވާނެ ކަމަށެވެ. އަދި އެ ކޯޕަރޭޝަނުގެ މެމްބަރަކަށް ވުމަށް ރާއްޖެއަށް ދައުވަތު އެރުވި އެވެ.

އައިޓީއެފްސީއަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ދަށުން ހިންގާ ޓްރޭޑް ފައިނޭންސް ކޯޕަރޭޝަނެކެވެ.
ހިޔާލު

މުސްލިމް

ޢެންމެ މުހިންމުކަމަކީ ބައިމީހުނަށް ބަހާފަ ދިނުން