Addu gai nurahkaatheri accident eh higaifi, 2 meehunge haalu serious
image
އައްޑޫގައި މީގެ ކުރިން ހިނގި އެކްސިޑެންޓެއް---ފޮޓޯ:ފުލުހުން
0 ކޮމެންޓް
 

އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި، ދެ މީހެއް ހާލު ސީރިއަސް

އައްޑޫ ސިޓީ ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ސީއެންއެމް އަށް މައުލޫމާތު ދެމުން ހިތަދޫ ރިޖަނަލް ހޮސްޕިޓަލުން ބުނީ މީގެ ބައި ގަޑިއިރެއް ކުރި އެ ހޮސްޕިޓަލަށް އެކްސިޑެންޓެއްވެ ފަސް މީހުން ގެނެސްފައިވާ ކަމަށެވެ. އަދި އެމީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބޭގޮތުގައި އެ އެކްސިޑެންޓު ހިނގާފައިވަނީ ހިތަދޫ ޕޯޓްސް ލިމިޓެޑް އާއި ދިމާލުން ލިންކް ރޯޑުގައެވެ. އަދި އެ އެކްސިޑެންޓް ހިނގާފައި ވަނީ މީހުން އަރުވައިގެން ދިޔަ ޕިކަޕެއް ފުރޮޅު ފަޅައިގެންގޮސް ޕިކަޕު ފުރޮޅާލައިގެން ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.

އެހާދިސާގައި އަނިޔާ ލިބިފައިވަނީ ފަސް ބިދޭސީންނަށެވެ.
ހިޔާލު