5 rashehge gondudhoh himaayaiy kurumuge masaihkai bayaka havaalukoffi
image
ރަށެއްގެ ގޮނޑުދޮށް ސަރަހައްދު ގިރައިގެން ގޮސްފައި-- ފޮޓޯ: އައްޑުލައިން
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ފަސް ރަށެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ފަސް ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝުރޫއުގެ ޑިޒައިން އަދި އީއައިއޭގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ މ. މުލަކާއި މ. ދިއްގަރު އަދި މ. ކޮޅުފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝުރޫއުގެ ޑިޒައިން އަދި އީއައިއޭގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ރިޔަން ޕްރައިވެޓް ލިމިޓެޑް، އިން އެސޯސިއޭޝަން ވިތު ލަމެއާ ގުރޫޕު އެންޑް ނިރާސް އޭއެސް (ޑެންމާކު) އާއެވެ.

އެ މަސައްކަތް އެ ކުންފުންޏާ 1.9 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައި ވާއިރު އެ މަސައްކަތް ނިންމުމަށް ދީފައި ވަނީ 12 ހަފްތާގެ މުއްދަތެކެވެ.

އޭގެ އިތުރުން ތ. ބުރުނީ އަދި ތ. ވަންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝުރޫއުގެ ޑިޒައިން އަދި އީއައިއޭގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވެސް ރިޔަން ޕްރައިވެޓް ލިމިޓެޑް، އިން އެސޯސިއޭޝަން ވިތު ލަމެއާ ގުރޫޕު އެންޑް ނިރާސް އޭއެސް (ޑެންމާކު) އާއެވެ.

އެ މަސައްކަތް އެ ކުންފުންޏާ 1.6 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައި ވާއިރު އެ މަސައްކަތް ނިންމުމަށް ދީފައި ވަނީ 12 ހަފްތާގެ މުއްދަތެކެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި މުލަކާއި، ދިއްގަރާއި ކޮޅުފުއްޓާއި ބުރުނި އަދި ވަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް ބޭނުންވާ ޑީޓެއިލް ޑިޒައިންނާއި އެންވަޔަރަމެންޓަލް އިންޕެކްޓު އެސަސްމަންޓް (އީއައިއޭ) ތައްޔާރު ކުރުމުގެ މަސައްކަތް ހިމެނެ އެވެ.

މި ކޮންޓްރެކްޓުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ޝާނާ ފާރޫގެވެ. އަދި ރިޔަން ޕްރައިވެޓް ލިމިޓެޑް، އިން އެސޯސިއޭޝަން ވިތު ލަމެއާ ގުރޫޕު އެންޑް ނިރާސް އޭ.އެސް (ޑެންމާކު)ގެ ފަރާތުން ސައިކުރެއްވީ ރިޔަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ހަމީޒް އެވެ.
ހިޔާލު