Mihaathanah kulhunu enme undhagu filmaki Chhapaak: Deepika
image
ދީޕިކާ---
0 ކޮމެންޓް
 

މިހާތަނަށް ކުޅުނު އެންމެ އުނދަގޫ ފިލްމަކީ "ޗަޕާކް":ދީޕިކާ

މިހާތަނަށް ކުޅުނު އެންމެ އުނދަގޫ ފިލްމަކީ "ޗަޕާކް" ކަމަށް ބޮލީވުޑުގެ ކާމިޔާބު ބަތަލާ ދީޕިކާ ޕަޑުކޮން ބުނެފިއެވެ.
އިންޑިއާގެ މެގަޒިނެއް ކަމަށްވާ "އެޕާސް ބާޒާރް އިންޑިއާ" އަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ދީޕިކާ ބުނީ "ޗަޕާކް" އަކީ މިހާތަނަށް އޭނާއަށް ކުޅެވުނު އެންމެ އުނދަގޫ ފިލްމު ކަމަށެވެ. އެގޮތުން އެއީ ކުޅެންޖެހޭ ރޯލުގެ ސަބަބުން ނޫން ކަމަށާއި އުނދަގުލީ ޕްރޮސްތެޓިކްސް އާ ހެދިކަމަށެވެ.

"ޗަޕާކް" އަކީ އެސިޑު ހަމަލާއެއްގެ ޝިކާރައަކަށްވީ ލަކްޝްމީ އަގަރްވާލުގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމެކެވެ.. އުމުރުން އެންމެ 15 އަހަރުގައި އެސިޑު ހަމަލާއެއްގެ ޝިކާރައަށް ލަކްޝްމީ ވީ، އުމުރުން 32 އަހަރުގެ ފިރިހެނަކު އޭނާއަށް ލޯބި ހުށަހެޅުމުން އެހުށަހެޅުން ގަބޫލުނުކުރުމުން ނެވެ. ނަމަވެސް އާއިލާގެ އެހީތެރިކަމާއެކު އެހިތާމަތަކުން ތެދުވެ ލަކްޝްމީ ވަނީ އެސިޑު ހަމަލާގެ ޝިކާރައަކަށްވާ މީހުންނަށް އަމާޒުކޮށް އެންޖީއޯއެއް ހުޅުވާފައެވެ.

އޭގެ އިތުރުން އޭނާ އަންނަނީ ކެފޭ އެއް ވެސް ހިންގަމުންނެވެ. އެގޮތުން އެ ކެފޭގެ އެންމެ ހާއްސަ އެއްކަމަކީ އެތަނުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަކީ ވެސް އެސިޑު ހަމަލާތަކުގެ ޝިކާރައަކަށްވެފައިވާ ފަރާތްތައް ކަމަށްވުމެވެ.

އަންނަ އަހަރު ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އެފިލްމު ނެރުމަށް ނިންމާފައިވާއިރު އެފިލްމުގެ މަސައްކަތް މިހާރު ވަނިީ ފަށާފައެވެ. އަދި ފިލްމުގައި އޭނާއަށް ކިޔަނީ "މާލްތީ" ކަމަށް ދީޕިކާ ވަނީ ބުނެފައެވެ.

އެފިލްމުގައި ދީޕިކާ އާއެކު ފެނިގެންދާނީ ވިކްރަންތު މެކްސޭ އެވެ. ވިކްރަންތު އެފިލްމުގައި ފެނިގެންދާނީ، ލަކްޝްމީގެ ފިރިމީހާ، އަލޯކް ޑިކްސިތުގެ ރޯލުންނެވެ.

ހިޔާލު