Party thakah gos ulhey hitheh nuvey: Shraddha
image
ޝްރައްދާ---
0 ކޮމެންޓް
 

ޕާޓީތަކަށް ގޮސްއުޅޭ ހިތެއް ނުވޭ: ޝްރައްދާ

ޕާޓީތަކަށް ގޮސްއުޅޭ ހިތެއް ނުވާ ކަމަށް ބޮލީވުޑުގެ މަޝްހޫރު ބަތަލާ ޝްރައްދާ ކަޕޫރު ބުނެފިއެވެ.
އެންޓަޓެއިންމެންޓު ޕޯޓަލްއެއްގައި ވާހަކަ ދައްކަމުން ޝްރައްދާ ބުނީ މީހުން އޭނާ ކައިރި ޕާޓީތަކަށް ދޭ ތޯ ވަރަށް ސުވާލު ކުރާ ކަމަށެވެ. ނަމަވެސް އޭނާ ބުނަނީ ނޫނެކޭ ކަމަށާއި އެއީ އޭނާ އިސްކަން ދޭން ބޭނުންވަނީ ފިލްމުތަކަށް ކަމަށް ޝްރައްދާ ވަނީ ބުނެފައެވެ.

އޭގެ އިތުރުން އޭނާ އަކީ އެހެން މީހުންނާ ތަފާތު މީހެއް ކަމަށް އޭނާ ދެކޭ ކަމަށާއި އެހެން ކަމަކަށް ވަގުތު ނުލިބޭކަމަށާއި އެންމެ ބޮޑަށް އިސްކަން ދެނީ މަސައްކަތަކަށް ކަމަށް ޝްރައްދާ ވަނީ ބުނެފައެވެ. އަދި އޭނާއަށް ފިލްމެއް ބަލާލެވޭނެ ވަގުތެއް ވެސް ނުވާ ކަމަށް ޝްރައްދާ ވަނީ ބުނެފައެވެ.

"އޭކް ވިލަން" އާއި "ބާގީ" އަދި "އާޝިގީ 2" ގެ އިތުރުން "އޭބީސީޑީ 2" ފަދަ ކާމިޔާބު ފިލްމުތަކުން ފެނިފައިވާ ޝްރައްދާ އެންމެ ފަހުން ފެނިގެންދިޔައީ "ޗިޗޯރް" އިންނެވެ.

އޭގެ އިތުރުން މިއަހަރު ނެރުނު ކާމިޔާބު ފިލްމު "ސާހޯ"ގައި ވެސް ޝްރައްދާ ވަނީ ފެނިގެން ގޮސްފައެވެ. އެނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ އަހަރު ނެރުމަށް މަޝްހޫރު ކޮރެއޮގްރާފަރު ރޭމޯ ޑި ސޫޒާ ތައްޔާރުވަމުން އަންނަ ފިލްމު "ސްޓްރީޓް ޑާންސާ" އިންނެވެ.
ޝްރައްދާ ކަޕޫރު
ހިޔާލު