Badhalegge gothugai 55 million dollaru noomadi ah dheefi
image
ނޫމަޑިން އިމާރާތް ކުރި ފްލެޓެއް--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ބަދަލެއްގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑި އަށް ދީފި

ހައުސިން ޔުނިޓްތަކެއް އަޅަން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި) އާ ހަވާލުކުރި ދެ އެއްބަސްވުން ގާނޫނާ ހިލާފަށް ކުރީގެ ސަރުކާރުން އުވާލުމުން އޭގެ ބަދަލެއްގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ދައްކައިފި އެވެ.
ނޫމަޑިއާއެކު 1،100 ހައުސިން ޔުނިޓް އަޅަން އެއްބަސްވީ އިރު ކުރީގެ ސަރުކާރުން އެ އެއްބަސްވުން އުވާލައި އެ ބާތިލްކުރި މައްސަލަ ވަނީ ސިންގަޕޫރުގެ އާބިޓްރޭޝަނަށް 2017 ވަނަ އަހަރު ހުށަހަޅާފަ އެވެ.

ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ނޫމަޑިން ހުށަހެޅީ 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާ ގުޅޭ އެހެން ހަރަދުތައް ހޯދާށެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ވަނީ ނޫމަޑީގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެށި މައްސަލަތައް އާބިޓްރޭޝަނުން ބޭރުގައި ދެ ފަރާތުން ދެ ފަރާތުން ވާހަކަ ދައްކައިގެން ހައްލުކުރުމަށް ނިންމާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ސެޓްލްމަންޓު ކޮމިޓީގައި އެ މައްސަލަތަކާ ގުޅޭ ގޮތުން ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު ގައި ކަމަށެވެ.

ބަދަލެއްގެ ގޮތުގައި 55 މިލިއަން ޑޮލަރު ދިނުމަށް ނޫމަޑި އާއި އެކު އެއްބަސްވެފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު އެވެ.

ނޫމަޑީގެ ފަރާތުން އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅި އިރު އެއް މައްސަލަ އަކީ ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީކުރަން ހަވާލުކުރި އެއްބަސްވުން ބާތިލް ކުރުމެވެ. ދެން ހުށަހެޅި މައްސަލައަކީ 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް އެކަކާއި އާއި ތިން ރަށެއްގެ ނަރުދަމާގެ ނިޒާމް ތަރައްގީކުރަން ހަވާލުކުރި އެއްބަސްވުމުގެ މައްސަލަ އެވެ.

މި ސަރުކާރުގެ ބައެއް އިސްވެރިން ކުރިން ވިދާޅުވީ ނޫމަޑި އެއްބަސްވުން ބާތިލްކުރީ އެ އެއްބަސްވުމާ ހިލާފަށް ކަން ކުރީގެ މިނިސްޓަރު މުއިއްޒު ވަނީ އިއުތިރާފްވެވަޑައިގެންފައި ކަމަށާއި އަދި އެ އެއްބަސްވުން އުވާލުމަށް އެންގެވީ އަބްދުﷲ ޔާމީން ކަމަށްވެސް ބައެއް ބޭފުޅުން ވިދާޅުވެއެވެ.

އޭގެ ތެރެއިން އެކި ފަރާތްތަކަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
ހިޔާލު