Sonam Bunee Raajjeygai heydha kuramun anna chuhty akee hayaathuge enme salhi chuhty kamah!
image
ސޯނަމް ކަޕޫރު، ރާއްޖޭގައި
0 ކޮމެންޓް
 

ސޯނަމް ބުނީ ރާއްޖޭގައި ހޭދަކުރަމުން އަންނަ ޗުއްޓީއަކީ ހަޔާތުގެ އެންމެ ސަޅި ޗުއްޓީކަމަށް!

މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ބޮލީވުޑުގެ މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އަދި އާއިލާގެ ބައެއް މެމްބަރުން އަންނަނީ ބ. އަތޮޅުގައި އޮންނަ ސޮނެވާފުށި ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންނެވެ.
ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ވަރަށް ބޮޑަށް އެމީހުން ހިތްޖެހިފައިވާކަން އެމީހުން ސޯޝަލް މީޑިއާއަށް ހިއްސާކުރަމުން އަންނަ ފޮޓޯތަކުން އެނގެ އެވެ.

އެމީހުން ޖަހަމުން އަންނަ ސަކަރާތާ އެއްވަރަށް ރާއްޖޭގެ ރީތިކަމަށް މީހުން ހިތްޖެހޭނެ ފަދަ ފޮޓޯތަކާއި ވީޑިއޯތައް ވެސް އަންނަނީ އިންސްޓަގްރާމަށް ހިއްސާކުރަމުންނެވެ. އެގޮތަށް ސޯނަމްގެ ފިރިމީހާ ވަނީ މޫދުގަ ހުރި ކުދިކުދި މިޔަރުތަކަކަށް އިނގިލިން އިޝާރާތްކޮށް ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ. "ބެއާފޫޓް ލަގްޒަރީ" ކެޕްޝަނުގައި ޖަހާ އަނަންދު ދޫކޮށްލި އެ ފޮޓޯއަށް އޭނާގެ އަނބިމީހާ ކުރި ކޮމެންޓުން އޭނާ ވަރަށް ބޮޑަށް ރާއްޖެއަށް ހިތްޖެހިފައިވާކަން އެނގެ އެވެ.


އެގޮތުން ސޯނަމް ބުނީ މިހާތަނަށް އޭނާ ހޭދަކޮށްފައިވާ ޗުއްޓީތަކުގެ ތެރެއިން މިއީ އެންމެ ކަމުދާ ނުވަތަ އެންމެ ސަޅި ޗުއްޓީ ކަމަށެވެ.

އުމުރުން 34 އަހަރުގެ ސޯނަމްގެ ކޮއްކޮ ރިއާ ވެސް މިވަގުތު ހުރީ ރާއްޖޭގައެވެ. ރިއާގެ ލޯބިވެރިޔާ ކަރަންގެ އުފަން ދުވަސް ފާހަގަކުރުމަށް އެމީހުން ރާއްޖެ އައިއިރު ސޯނަމްގެ އިތުރުން އެ އެންމެނަށް ވެސް ރާއްޖޭ ވަރަށް ބޮޑަށް ވަނީ ކަމުގޮސްފައެވެ.
ހިޔާލު