Launch ehge burafatheegai jehi fai burivi meehaa male genes faruvaa dhenee
image
0 ކޮމެންޓް
 

ލޯންޗެއްގެ ބުރަފަތީގައި ޖެހި ފައި ބުރިވި މީހާ މާލެ ގެނެސް ފަރުވާ ދެނީ

އިއްޔެ ހަވީރު ފީނަން އުޅެނިކޮށް ލޯންޗެއްގެ ބުރަފަތީގައި ޖެހި ފައި ބުރިވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.
އަނިޔާވީ ރ. އިނގުރައިދޫއަށް ނިސްބަތްވާ އުމުރުން ގާތްގަނޑަކަށް 35 އަހަރުގެ ފިރިހެނަކަށެވެ.

އިނގުރައިދޫ ކައިރީ އޮތް ތިލައެއް ކައިރީ ރައްޓެހިންތަކަކާއެކު ފީނަން އުޅެނިކޮށް އެމީހާއަށް އެހާދިސާ ދިމާވިއިރު އެންމެ ފުރަތަމަ އޭނާއަށް ފަރުވާ ދިނީ އިނގުރައިދޫ ސިއްހީ މަރުކަޒުންނެވެ. އެއަށްފަހު އިއްޔެ އިރުއޮއްސުނު ހާއިރު އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ކޯސްޓްގާޑު ލޯންޗު "ވެލާނާ" އިން ރޭ 23:40 ގައި އެމީހާ ވަނީ މާލެ ގެނެސްދީފަ އެވެ.

އެގޮތުން މާލެ ގެނެސްދިނީ އެމީހާ މާލެ ގެނައުމުގެ މަސައްކަތް ލޯންޗެއްގައި ކުރަމުންދަނިކޮށް އެ ލޯންޗުގެ އިންޖީނަށް މައްސަލައެއް ދިމާވެ ބ. ކަމަދޫއަށް ވަނުމާއެކު އެވެ. އެހެންވެ ކަމަދޫން ބަލިމީހާ ނަގައިގެން ގެނެސްދިނީ އެމްއެންޑީއެފްގެ ލޯންޗުގަ އެވެ.

އެމީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. އެކަމަކު އެކަމާ ގުޅިގެން އެ ހޮސްޕިޓަލުގެ ބަހެއް އަދި ނުލިބެ އެވެ.
ހިޔާލު