Valhi hifaigen fihaara akah vadhe feyrihjje
image
މާލެ---
1 ކޮމެންޓް
 

ވަޅިހިފައިގެން ފިހާރައަކަށް ވަދެ ފޭރިއްޖެ

ވަޅިން ބިރުދައްކާ ފިހާރައަކުން ފޭރިއްޖެއެވެ.
ސޯޝަލް މީޑިއާގައި ވިހާރު އެވީޑިއޯ އާންމުވެފައިވާއިރު ވީޑިއޯ އިން ފެންނަ ގޮތުގައި ފެހި ކުލައިގެ ގަމީހެއް ލައިގެން ހުރި ފިރިހެނަކު ކައުންޓަރުގައި އިން މީހާއަށް ވަޅިން ބިރުދައްކާ ފައިސާކަމަށް ބެލެވޭ އެއްޗެހިތަކެއް ޖީބަށް ލައެވެ.

މައުލޫމާތު ލިބޭގޮތުގައި އެމީހާ ބިރުދައްކައިގެން ފައިސާ ފޭރިގަނެފައިވަނީ 'މުއިވިލު ސްޓޯރު' ނަމަކަށް ކިޔާ ފިހާރައަކުންކަމަށް މައުލޫމާތުލިބެއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންބުނީ މާފަންނުގައި ހުންނަ ފިހާރައަކަށް ދެ މީހުން ވަދެ ތޫނު އެއްޗަކުން ބިރު ދެއްކުމަށް ފަހު ވަތްގަނޑުގައި ހުރި ސިނގިރޭޓު ފޮއްޓާކާއި ފައިސާ ތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް މިއަދު 15:04 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައިގަ މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށެވެ. އަދި ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާކަމަށެވެ.
މާލެ ފޭރުން
ހިޔާލު

ފޮނުވައިލާ

މިއީ ރާއްޖެތެރޭ މީހުން މާލެ އައިސް ކުރާ ކަންތަކަކީ!