Adhureyge ainu saafukurumah govaalaifi!
image
ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ): ---
0 ކޮމެންޓް
 

އަދުރޭއަށް ޖުމްހޫރީ ޕާޓީގެ ހޫނު ރައްދެއް

ޖުމްހޫރީ ޕާޓީ (ޖޭޕީ) އަކީ ސިޔާސީ މަސައްކަތަށް ކަމުދާ ޕްލެޓްފޯމެއްނޫން ކަމަށާއި، މީގެ ކުރިން ޕީޕީއެމްގައި ތިއްބެވި އިސް ފަރާތައް ޖޭޕީއާ ގުޅުނީ ކުރާނެ ކަމެއް ނެތިގެން އެހެން މަންފާއެއް ހޯދައި މުނި ފޫހި ފިލުވުމަށް ކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމުން އޭނާއަށް ހޫނުރައްދެއް ޖުމްހޫރީ ޕާޓީން ދީފިއެވެ.
ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސާލިހު މިއަދު ވިދާޅުވެފައިވަނީ ޖުމްހޫރީ އަށް ފަހަކަށް އައިސް ގުޅިފައިވާ މީހުންނަށް ނިސްބަތްކޮށް އެއީ މުނިފޫހި ފިލުވަން އައި ބަޔެއް ކަމަށް ބުނާ މީހުންނާއި އަދި ޖޭޕީ އާއި ގުޅުން ބޭފުޅުންނަށް އަމާޒު ކުރާ ބަސްތަކަށް އެ ޕާޓީގެ 'ފަރުވާލެއް ނެތް' ކަމަށެވެ.

"އޮނަރަބަލް ގާސިމް އިބްރާހިމްގެ ސިޔާސަތަކީ މި ގައުމަށް އަބަދު ވެސް ހެވާއި ލާބަ ގެނެސްދިނުން. އެކަމަށް ޖޭޕީ އަބަދުވެސް ވަކާލާތު ކުރާނެ. ހިތް ދަތިވާ ބޭފުޅުން އައިނު ސާފުކޮށްލައްވާ އަލުން ބައްލަވާ މަންޒަރު ވަރަށް ސާފުވާނެ،" އަލީ ސޯލިހު މިއަދު ވިދާޅުވިއެވެ.


ޖުމްހޫރީ ޕާޓީގެ ސްޕޯސް ޕާސަން ވިދާޅުވީ އެ ޕާޓީއާއި ގުޅުން ބޭފުޅުންނަކީ ޖޭޕީ އަށް ކުރިއެރުން ގެނެސްދެވިދާނެ ބޭފުޅުން ކޮޅެއް ވީމަ އެ ބޭފުޅުންނަށް ޒާތީ ބަސް ރައްދު ކުރާ ބޭފުޅުން އެކަން އެ ކުރަނީ ހިތައް ކުރާ އަސަރެއްގެ ބޮޑު ކަމުން ކަމަށެވެ.

"މިހާތަނަށް ގުޅިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ކުރިން ވެސް އިސް ސަފުގައި ހަރަކާތްތެރިވި ލީޑް ޕޮލިޓީޝަނުން ވަރަށް ހަރަކާތްތެރިކޮށް ޖޭޕީ އަށް އެބަ ހިދުމަތް ކުރައްވާ އަދި މެންބަރުން އިތުރު ކުރުމަށް ވެސް މަސައްކަތް ކުރައްވާ،"

ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ޕީޕީއެމްގެ އިސް ސަފުގައި މީގެ ކުރިން ތިއްބެވި ގިނަ އަދަދެއްގެ ބޭފުޅުން ޖޭޕިއަށް ސޮއިކުރެވި މައްސަލައިގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްބަމުން އަދުރޭ ވިދާޅުވީ، ސިޔާސީ މަސައްކަތް ކުރަން ރާއްޖޭގަ އޮތީ ދެ ޕްލެޓް ފޯމް ކަމަށާއި، އެއީ ޕީޕީއެމް ޕިއެންސީގެ ޕްލެޓް ފޯމާއި އެމްޑީޕީގެ ޕްލެޓްފޯމް ކަމަށެވެ. އެނޫން ޕްލެޓްފޯމެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާޅުވިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި މި ގައުމުން 'ރީނދޫ ކުލަ ވެސް ފޮހެލާނެ' ކަމަށް ބުނެ ސަރުކާރުގެ އިސް ވެރިން ވަނީ އެމްޑީޕީއަށް ވެސް އިންޒާރުތަކެއް ދީފައެވެ.
ޖޭޕީ ޕީއެންސީ
ހިޔާލު