Valhi hifaigen fihaara akah vadhe feyrunu mahsalaiga 2 meehun hayyarukohffi
image
0 ކޮމެންޓް
 

ވަޅި ހިފައިގެން ފިހާރައަށް ވަދެ ފޭރުނު މައްސަލައިގަ ދެ މީހުން ހައްޔަރުކޮށްފި

މިއަދު ހަވީރު މާލޭގައި ވަޅި ހިފައިގެން ފިހާރައަށް ވަދެ ފޭރުނު މައްސަލައިގަ ދެ މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގަ މިރޭ ހައްޔަރު ކޮށްފައިވަނީ 20 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށެވެ.

ފުލުހުންބުނީ މާފަންނުގައި ހުންނަ ފިހާރައަކަށް ދެ މީހުން ވަދެ ތޫނު އެއްޗަކުން ބިރު ދެއްކުމަށް ފަހު ވަތްގަނޑުގައި ހުރި ސިނގިރޭޓު ފޮއްޓާކާއި ފައިސާ ތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް މިއަދު 15:04 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާކަމަށެވެ.

މާލެ ފޭރުން ފުލުހުން
ހިޔާލު