MDP ah dhogeh hedhen ohva thedheh nubunaane: Raees Yamin
image
0 ކޮމެންޓް
 

އެމްޑީޕީއަށް ދޮގެއްހެދެން އޮތްތަނެއްގަ ތެދެއް ނުބުނާނެ: ރައީސް ޔާމިން

އެމްޑީޕީން ދޮގެއް ހެދެން އޮތްތަނެއްގަ ތެދެއް ނުބުނާނެ ކަމަށް ކުރީގެ ރައީސް އުބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.
"އަންނަނީ އަންނަނީ" ނަމުގައި ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމިން ވިދާޅުވީ، އެމްޑީޕީން ވެރިކަމަށް އަންނަން ދެއްކި ވާހަކަތަކާއި މިހާރު ދައްކާ ވާހަކަތަކާ އެއްވެސް ވަރަކަށް ދިމާނުވާކަމަށެވެ.

"އޭރު ދެއްކި ވާހަކައެއް ނޫން މިހާރު މި ދައްކަނީއަކީ. މިއީ އަބަދުވެސް އެމްޑީޕީ ފާހަގަކުރަން އަޅުގަނޑުމެން ދައްކަންޖެހޭ ވާހަތަކަކީ. ދޮގު ހެދެން އޮތްތަނެއްގަ ތެދެއް ނުބުނާނެ. ތެދުވެރިކަން ބަހެއް ބުނެވެން އޮތްތަނެއްގަ އޮޅުވާލުން ނޫންކަމެއް ނުކުރާނެ. އެޖެންޑާ ނަވާރަ ސިފަވެގެން ދަނީ ކުރުކުރު ލަފްޒަކުން ދަންނަވާނެކަމަށް ވަންޏާ ދޮގުހެދުމާ އޮޅުވާލުމާ މަކަރުހެދުމާ ނާގާބިލުކަން،" ޖަލްސާގަ ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމިން ވަނީ އެޖެންޑާ 19 އަށްވެސް ފާޑު ވިދާޅުވެ. އެގޮތުން ގިނަ ދުވަސްވީވަރަކަށް އެހެންޑާ 19 ގައި ހުރި ކަންކަން ހާސިލު ނުވާނެކަން ޔާގީންވަމުން އަންނަކަމަށެވެ.

"އަޅުގަނޑުމެންނަށް ސިފަވެގެން އަންނަނީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެންމެ އިސްކަމެއް ދީގެން މިހާރު ވެރިކަމުގައި ހިންނެވި ބޭފުޅުން ކޮންވާހައެއްތޯ؟ ދިވެހިންނަށް ކޮންމެއްތޯ އޮޅުވާލީ؟ ދިވެހިންނަށް ހެދީ ކޮން ދޮގުތަކެއްތޯ؟ އޮޅުން ބޮޅުންތަކެއްގެ ތެރޭގަ އެމީހުން ކުރަން ބޭނުންވާ ކަންތައްތަކެއްގެ ވާހަކަ ބުނަމުން އައީ. އެޖެންޑާ 19 އެއްގެ ވާހަކަ ދައްކަނީ. ދުވަސް ވަމުން ދިޔަ ވަރަކަށް އަދި އެޖެންޑާ 19 ގެ ފަތްފުއްތައް އުކަމުން ދިޔަވަރަކަށް މި ފެންނަނީ މި ފެންނަނީ ކިހާ ވަރަކަށް އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް ފިޓުކަމެއްތޯ މިމީހުންގެ އެޖެންޑާގަ މިހުރީ،؟" ރައީސް ޔާމިން ވިދާޅިވިއެވެ.

ރައީސް ޔާމިން މިހެން ވިދާޅުވިއިރު، އެމަނިކުފާނުގެ ވެރިކަމުގެ ގެއަށް ވަތް ފައިސާއަކީ 'ހަލާލު ފައިސާ ނޫންކަމަށް' ވިދާޅުވުމަށް ފަހު ފަހުން ވަނީ އެއީ 'ޖާއިޒު ފާއިސާ' ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމިން މަނީލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ރައީސް ޔާމީނުގެ މައްސަލައެއް މިހާރު އަންނަނީ ކްރިމިނަލް ކޯޓުގައި ވެސް ހިނގަމުންނެވެ. އެ މައްސަލައިގެ ހުލާސާ ބަޔާން ދެ ފަރާތުން ވަނީ އިއްވާފައެވެ.

އެ މައްސަލައިގައި ހުކުމް އިއްވުން އޮތީ އަންނަ ނޮވެންބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

ހިޔާލު