Maabandu meehun fenboan jehenee kihaa varakah?
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

މާބަނޑު މީހުން ފެންބޯން ޖެހެނީ ކިހާ ވަރަކަށް؟

ހަށިގަނޑުގެ ބަރުދަނުގެ ބޮޑު ބަޔެއް ހިއްސާ ކުރަނީ ފެނެވެ. ހަށިގަނޑުގެ 60 އިންސައްތަ އަކީ ފެނެވެ.
ފެނުގެ އެހީގައި އެތެރެ ހަށީގައިވާ ބޭކާރު މާއްދާތައް ބޭރު ކުރުމަށް އެހީވެދީ، ސިކުނޑީގެ ހަރަކާތްތަކަށް އެހީވުމާއި ހަށިގަނޑުގެ ފިނިހޫނުމިން ދެމެހެއްޓުން ފަދަ ކަންތައްތައް ކުރެއެވެ.

ފެނަކީ ހަށިގަނޑަށް މުހިންމު މާއްދާއެއް ކަމަށް ވާއިރު ކޮންމެ ދުވަހަކު އަށް ތަށި ފެން ބުއިމަށް ސައިންސްވެރިން ލަފާ ދެއެވެ.

ނަމަވެސް މާބަނޑު މީހުން އެއަށްވުރެ ގިނައިން ފެން ބޯން ޖެހެ އެވެ. ބަނޑުބޮނޑު ވުމުން ބަނޑުގައިވާ ދަރިފުޅަށް މުހިންމު ނިއުޓްރިއެންޓްސްތައް ފޮރުކޮށްދީ "އެމްނިއޯޓިކް ފްލުޑް" ރަނގަޅު މިނެއްގައި ދެމެހެއްޓުމަށް ފެން ވަރަށް މުހިންމު ދައުރެއް އަދާކޮށްދެއެވެ.

ފުރަތަމަ 27 ހަފްތާ އާންމުކޮށް ފެން ބުއިމަށް ލަފާ ދޭ މިންވަރު، އަށް ތަށި ފެން ބޯން ޖެހޭއިރު، އެއަށްފަހު ކޮންމެ ދުވަހަކު އިތުރަށް 500 މިލިލީޓަރު ގެ ފެންބޯން ޖެހޭނެ އެވެ.

މާ ބޮޑަށް ފަލަ މީހެއް ނަމަ އެއަށްވުރެ ގިނައިން ފެން ބުއިން މުހިންމެވެ. އެކަށީގެންވާ މިންވަރަށް ފެން ނުބޮވޭނަމަ ހަށިގަނޑުން ފެން މަދުވުން ނުވަތަ "ޑީހައިޑްރޭޓް" ވުން ފަދަ ކަންތައްތައް މެދުވެރިވާނެއެވެ.
ސިއްހަތު
ހިޔާލު