Anhenunnaai 4 dharin maraali meehaku Glasgow airportun hayyaru koffi
image
ހާވިއާ ޑުޕޯންޓް ޑެ ލިގޯންސް--
0 ކޮމެންޓް
 

އަންހެނުންނާއި 4 ދަރިން މަރާލި މީހަކު ގްލާސްގޯ އެއާޕޯޓުން ހައްޔަރުކޮށްފި

ދެހާސް އެގާރަވަނަ އަހަރު އަންހެނުންނާއި، ހަތަރު ދަރިން މަރާލިކަމުގެ ތުހުމަތު ކުރެވޭ ފްރާންސްގެ ފިރިހެނަކު ގްލާސްގޯ އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.
އޭއެފްޕީ ނިއުސް އޭޖެންސީން ބުނީ ހާވިއާ ޑުޕޯންޓް ޑެ ލިގޯންސް ނަމަކަށް ކިޔާ އެ މީހާ ޕެރިހުން ސްކޮޓްލެންޑަށް ފްލައިޓުގައި ދަތުރުކޮށް، ފޭބުމާއެކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޑުޕޯންޓްގެ މުޅި އާއިލާ ފެނިފައި ވަނީ އެ އާއިލާގެ ގޭގެ ބަގީޗާގައި ވަޅުލާފައި ވަނިކޮށެވެ. ފްރާންސްގެ ނަންތޭސް ގައި ހިނގި އެ ހާދިސާއަށް ފަހު ފުލުހުން ދަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 58 އަހަރުގެ ޑުޕޯންޓް ދަތުރު ކުރަމުން ދިޔައީ އޭނާގެ ޝަހުސު އޮޅުވާލައިގެންނެވެ.
ހިޔާލު