BML community fund ge ehee ithuru fas rashakah
image
ބީއެމްއެލް އިން އެހީ ދިން ޕްރޮޖެކްޓްތަކުގެ ތެރެއިން-- ފޮޓޯ: ބީއެމްއެލް
ފާތުމަތު ނަޒުފާ އިރުޝާދު
1 ކޮމެންޓް
 

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ އިތުރު ފަސް ރަށަކަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ ތިންވަނަ ކުއާޓާގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ ފަސް ޕްރޮޖެކްޓް ހޮވައިފި އެވެ.
އަހަރެންގެ ބޭންކުން ކޮންމެ ކުއާޓާއެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައަޅާފައި ވެއެވެ.

މި ކުއާޓަރުގައި ހޮވާފައިވާ ފަސް ޕްރޮޖެކްޓަކީ
 • ނ. ހޮޅުދޫ ބަނދަރު ސަރަހައްދުގައި މަސް ކަނޑާ ތަނެއް ހެދުން - މައި ޗޮއިސް އިސް ފުޓްބޯލް

 • ހދ. ކުޅުދުއްފުށީގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކުރުން - ޒިގް ޒެގް ފޯ ޔޫތް ލިންކޭޖް

 • ރ. ހުޅުދުއްފާރުގައި އަތިރިމަތީ ސަރަހައްދުގައި ހިތްފަސޭހަ މައިޒާނެއް ތަރައްގީކުރުން - އަހުމަދު ރަޝީދު

 • ހއ. ކެލާ ސްކޫލު ކުރިމަތީގައި ދަރިވަރުންނާއި ބެލެނިވެރިން ބޭނުންކުރުމަށް ހިޔާވާ ތަނެއް ހެދުން - އައިޑިއާ

 • ތ. ކަނޑޫދޫގެ ތުނޑީކޮޅުގައި ޕިކްނިކް ސަރަހައްދެއް ގާއިމްކުރުން - ކަނޑޫ ސްޕޯރޓްސް ކްލަބް


 • ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ބޭންކުގެ އެންމެ ބޮޑު އަމާޒަކީ ބޭންކަަށް ލިބޭ ފައިދާ މުޖުތަމައަށް ފޯރުކޮށްދިނުން ކަމަށާއި މިކަމުގެ ސަބަބުން މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.

  "ބޭންކުގެ އެންމެ ބޮޑު އެއް އަމާޒަކީ ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށްދިނުން. ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް މިވަނީ އިތުރުވެގެން ގޮސްފަ. އަދި މި ފަންޑުގެ ދަށުން މިހާތަނަށް މިވަނީ ދިހަ ރަށެއްގައި މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައި،" މުހައްމަދު ސައީދު ވިދާޅުވިއެވެ.

  "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" އިފްތިތާހްކޮށްފައި ވަނީ ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް "އަހަރެންގެ ބޭންކް"ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޭންކުން ކުރިއަށްގެންދާ ޕްރޮގްރާމް ދަށުންނެވެ. މި ޕްރޮގްރާމްގެ ދަށުން މިއަހަރު ތެރޭގައި ބީއެމްއެލް އިން ވަނީ ނުކުޅެދުންތެރިކަން ހުންނަ 60 ފަރާތަކަށް މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފައެވެ.
  ބީއެމްއެލް
  ހިޔާލު

  މުހައްމަދު

  ދައުލަތުގެ 0 ހިއްސާވާ ކުންފުންޏަކުން ކުއާޓާތަކުގައި އަދަދުން ދޭއިރު ނިކަމެތި ވަޒީފާ އަދާކުރާ ރައްޔަތުމީހާގެ ޕެންސަން ރުފިޔާ ކީއްވެގެންތޯ ނުދެވެންވީ؟ ހައްޖަށް ދިޔުމަށްޓަކައިވެސް އެ ރުފިޔާތަކުން % އިން ބޭނުންކުރާ އުސޫލު ކަމަކުނުދޭ!