25 rashaka ambulance havaalukohffi
image
0 ކޮމެންޓް
 

25 ރަށަކާ އެމްބިއުލާންސް ހަވާލުކޮށްފި

ރާއްޖޭގެ 25 ރަށަކާ އެންބިއުލާންސް ހަވާލުކޮށްފިއެވެ.

މި އެންބިއުލާންސްތައް ހަވާލުކުރީ ދިވެހިރާއްޖޭގެ ޞިއްޙީދާއިރާގެ ޚިދުމަތްތައް ތަރައްޤީކުރުމަށާއި، ސަރުކާރުގެ ޞިއްޙީދާއިރާގެ ވަޢުދުތަކުގެތެރޭގައި ހިމެނޭ "ނޭޝަނަލް އެމްބިއުލާންސް ސާވިސް" ތަޢާރަފްކުރުމަށްޓަކައި ރާއްޖޭގެ ހުރިހާރަށަކަށް އެމްބިއުލާންސް ހަމަކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި 25 ރަށަކަށް އެމްބިއުލާންސް ހަވާލުކުރިއިރު، މީގެ ތެރެއިން އެއްވެސް ގޮތަކަށް އެމްބިއުލެންސްގެ ޚިދުމަތް ލިބިފައިނުވާ ހަތަރު ރަށަކަށް ވެސް އެމްބިއުލެންސް ވަނީ ހަވާލުކުރައްވާފައެވެ.

މީގެ އިތުރުން ވަރަށް ކައިރި މުސްތަޤުބަލެއްގައި އެމްބިއުލާންސް ހަވާލުކުރުމަށް ހަމަޖެހިފައިވާ 26 ރަށެއް މިރަސްމިއްޔާތުގައިވަނީ އިޢުލާންކުރައްވާފައެވެ.

މިއަދު ހަވާލްކުރެވުނު އެމްބިއުލާންސްތަކާއިއެކު، ކާރިސާގެ ވަގުތުތަކުގައާއި، އެމަޖެންސީ އަދި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްހީކުއްލިފަރުވާ ރަށްރަށުގައި އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހަވާލުކުރެވުނު އެމްބިއުލެންސްގެ ތެރޭގައި ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި 21 ޕެރަމެޑިކް އެމްބިއުލާންސްވެސް ހިމެނެއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން އެމްބިއުލާންސްތައް ޙަވާލްކޮށްދެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޖަޕާންގެ ސަފީރު ހަރ އެކްސެލެންސީ މިސް ކެއިކޯ ޔަނާއީއެވެ.

މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްބިއުލާންސްތަކާއި ޙަވާލުވެވަޑައިގެނެނެވީ މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް ޢަބްދުﷲ އަމީނެވެ.

ހިޔާލު