Male maguthakugai fen boduvehjje
image
1 ކޮމެންޓް
 

މާލޭ މަގުތަކުގައި ފެން ބޮޑުވެއްޖެ

ބޯކޮށް ވާރޭވެހި މާލޭ މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ.
ސިފައިން ބުނީ ފެން ހިންދުމުގެ މަސައްކަތް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ކުރަމުން އަންނަކަމަށެވެ.

"މިވަގުތު ޕަންޕު ބޭނުންކޮށްގެން ފެން ހިއްކަމުން ގެންދަނީ ވެސްޓު ޕާކު ސަރަހައްދުގަ،" ސިފައިން މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖޭގެ ދެކުނަށް މޫސުން ގޯސް ވުމުގެ ސަބަބުން އައްޑޫ ސިޓީގަ ވެސް މިއަދު ވަނީ ފެން ބޮޑުވެފައެވެ. އެގޮތުން އެ ސިޓީގެ 50 ގެއަކަށް އެކިވަރުގެ ގެއްލުން ވެފައިވާކަމަށް ކައުންސިލުން ހާމަކުރެއެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެން ވާކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް ލަފާކުރެވޭ.

"ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ދެކުނު އަތޮޅުތަކަށް ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި އެހެން ހިސާބުތަކުގައި ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން މިރޭ ބުންޏެވެ.

އެންމެ ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފަ ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް އެ އޮފީހުން ބުނެއެވެ.
މޫސުން މާލެ
ހިޔާލު

ޢަހޫ

ނުވާނެ ..