Kasrathu kuramun Modi iyye avadhinethi ulhunee kuni hovumugai
image
0 ކޮމެންޓް
 

ކަސްރަތު ކުރައްވަމުން މޯދީ އަވަދިނެތި ގޮނޑުދޮށް ސާފު ކުރެއްވުމުގައި

ސޯޝަލް މީޑިއާގައި އިއްޔެ އެންމެ ބޮޑަށް ދައުރުވެގެންދިޔައީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ގޮނޑު ދޮށަކުން ކުނި ހޮއްވަވާ މަންޒަރެވެ.
އިންޑިއާގެ އަވަށެއް ކަމަށްވާ މަމައްލަޕޫރަމްގެ ގޮނޑު ދޮށުގައި ކަސްރަތަށް ހިންގަވަމުން އޭނާ ވަނީ އެތަނަށް މީހުން އުކާފައި ހުރި ޕްލާސްޓިކް ކޮތަޅާއި ފުޅި ފަދަ ތަކެތި ހޮއްވަވާފަ އެވެ.

ގޮނޑުދޮށް ސާފުކުރަން އުޅުއްވަމުން ނަގާފައިވާ ފޮޓޯ އާއި ވީޑިއޯ ވެސް ސޯޝަލް މީޑިއާއަށް ހިއްސާ ކުރެއްވިއިރު މޯދީ ވަނީ އާންމުން ބޭނުން ކުރައްވާ އެފަދަ ތަންތަން ސާފު ތާރިހުކޮށް ބޭއްވުމަށް އެންމެނަށް ވެސް ނަސޭހަތްތެރިވެފަ އެވެ.

އިންޑިއާ ސާފުކޮށް ބޭއްވުމަށް އެގައުމުން ވަނީ 2014 ވަނަ އަހަރު ސްވަޗް ބާރަތު މިޝަންގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ވެސް ފަށާފަ އެވެ.
ކުނި އިންޑިއާ
ހިޔާލު