September mahu MIRA ah 1.2 billion rufiyaage aamdhanee eh
image
މީރާ -- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ސެޕްޓެމްބަރު މަހު މީރާ އަށް 1.2 ބިލިއަން ރުފިޔާ ލިބިއްޖެ

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ ސެޕްޓެމްބަރު މަހު 1.2 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކޮށްފި އެވެ.
މީރާ އިން އިއްޔެ އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މީރާ އަށް މިދިޔަ މަހު ލިބުނު 1.2 ބިލިއަން ރުފިޔާގެ އާމްދަނީގެ ތެރެއިން ބޮޑު އިންސައްތައެއް ހިއްސާކޮށްފައިވަނީ ޖީއެސްޓީގެ ގޮތުގައި ލިބުނު ފައިސާ އިންނެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 519 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލިންނެވެ. އެގޮތުން ބިމު ކުލީގެ ގޮތުގައި 328.79 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުގައިވެ އެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި 74.34 މިލިއަން ރުފިޔާ ލިބިފައިވާއިރު ބީޕީޓީގެ ގޮތުގައި 68.34 މިލިއަން ރުފިޔާ ސެޕްޓެމްބަރު މަހު ލިބިފައިވާ ކަމަށްވެސް މީރާ ބުނެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު މީރާ އަށް ލިބުނު އާމްދަނީ ވަނީ 3.2 އިންސައްތަ ދަށްވެފަ އެވެ.

މީރާގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މީރާ އިން މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ ޓެކުހުގެ އާމްދަނީ ވަނީ 13 އިންސައްތަ ދަށަށް ގޮސްފަ އެވެ.

މީރާ އިން ބުނީ ޓެކުހުގެ އާމްދަނީ ދަށްވީ ޖީއެސްޓީ އާއި ގްރީން ޓެކްސް އަދި ޓޫރިޒަމް ލޭންޑް ޓެކްސް ދައްކަންޖެހޭ ބައެއް ފަރާތްތަކުން ޓެކްސް ދައްކާފައި ނުވާތީ ކަމަށެވެ.
ޓެކްސް މީރާ
ހިޔާލު