Hulhumale hospitaluge mammography hidhumaiy ifthithaahukoffi
image
ރައީސްގެ އަނބިކަނބަލުން މެމޯގްރަފީގެ ހިދުމަތް އިފްތިތާހުކޮށްދެއްވަނީ: ފޮޓޯ ރައީސް އޮފީސް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ހުޅުމާލެ ހޮސްޕިޓަލުގައި މެމޯގްރަފީގެ ހިދުމަތް އިފްތިތާހުކޮށްފި

ހުޅުމާލެ ހޮސްޕިޓަލުގައި މެމޯގްރަފީގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު ހެނދުނު އިފްތިތާހް ކޮށްދެއްވައިފި އެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި އެ ހިދުމަތް އިފްތިތާހް ކުރެވިގެން ދިއުމާއެކު އެ ހޮސްޕިޓަލުގައި އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމުގެ ފަރުވާގެ ހިދުމަތް އިތުރަށް ފުޅާވެގެންދާނެ އެވެ.

މެމޯގްރަފީގެ ހިދުމަތް ތައާރަފް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާ ހޯދަމުންދާ ބަލި މީހެއްގެ އިހްސާސްތައް ހިއްސާ ކުރެވުނެވެ.

އެ ހިދުމަތް ފެށިފައި މި ވަނީ އެ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާ ދޭނެ އޮންކޮލޮޖީ ޑިޕާޓްމަންޓެއް ގާއިމް ކުރެވިގެން ދިޔަތާ ދެ އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ.

އެ ރަސްމިއްޔާތަށް ފަހު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ހުޅުމާލެ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓާއި އޮންކޮލޮޖީ ޑިޕާޓްމަންޓުގެ މަސައްކަތްތައް ބައްލަވާލައްވާފަ އެވެ.
ހިޔާލު