Alia ai Ranbir ge kaivenyya behey gothun dhekevey baeh vaahaka thah
image
އާލިއާ އާއި ރަންބީރު
0 ކޮމެންޓް
 

އާލިއާ އާއި ރަންބީރުގެ ކައިވެންޏާ ގުޅޭގޮތުން ދެކެވޭ ބައެއް ވާހަކަތައް

ބޮލީވުޑުގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރާއި އާލިއާ ބަޓް އަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ދެ ތަރިންނެވެ. އެގޮތުން މި ދެ މީހުން ލޯބީގެ ގޮތުން ގުޅުނު ހަބަރަކީ ސަޕޯޓަރުންނަށް ލިބުނު އުފާވެރި ހަބަރަކަށް ވީއިރު މި ދެ މީހުންގެ ކައިވެންޏާ ބެހޭގޮތުން ދަނީ ގިނަ ވާހަކަތަކެއް ދެކެވެމުންނެވެ.
ވަގަށް އެންގޭޖުވުން

އެގޮތުން ދެކެވުނު އެއް ވާހަކަ އަކީ ރަންބީރާއީ އާލިއާ ވަގަށް އެންގޭޖުވި ވާހަކަ އެވެ. އަޑުތައް ފެތުރުނު ގޮތުގައި މި ދެ މީހުން އެންގޭޖުވެފައިވަނީ މިދިޔަ އަހަރު ރަންބީރުގެ މަންމަ ނީތު ކަޕޫރުގެ އުފަން ދުވަހު ބޭއްވި ހަފްލާއެއްގަ އެވެ. މިހަފްލާގައި އާލިއާ އަދި ރަންބީރުގެ އާލިއާ ވެސް ވަނީ ބައިވެރިވެފަ އެވެ. މިކަމާ ގުޅިގެން ރަންބީރު އަދ އާލިއާ ވެސް އެއްޗެއް ނުބުނެ އެވެ.

އަންނަ އަހަރު ކައިވެނި ކުރުން

ރަންބީރު އާއި އާލިއާ އަންނަ އަހަރު ކައިވެނި ކުރަން އުޅޭ ކަމުގެ ވާހަކަ އަކީ ވެސް ދެކެވޭ ވާހަކަ އެކެވެ. އެގޮތުން އެކަމާ ގުޅޭގޮތުން ރަންބީރާ ސުވާލު ކުރުމުން އޭނާ ވަނީ ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެކަން ކުރާނެ ދުވަހެއް ބުނެފައެއް ނުވެ އެވެ.

ކައިވެންޏަށް ފަހު ދިރިއުޅޭނެ ގެއެއް ހޯދަނީ

ރަންބީރާއި އާލިއާ ކައިވެންޏަށްފަހު އެކީގައި އުޅޭނެ ގެއެއް ހޯދުމުގެ މަސައްކަތް ކުރާ ވާހަކަ އަކީ ވެސް ދެކެވުނު ވާހަކައެކެވެ. އެގޮތުން މި ދެ މީހުން ގެއެއް ހޯދަމުން ދަނީ މުމްބާއީން ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އާލިއާ އަދި ރަންބީރު މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ރަންބީރާއި އާލިއާ ލޯބީގެ ގޮތުން ގުޅުނު ކަމަށް އަޑުތައް އެރި ނަމަވެސް އެކަމަށް ދެ މީހުން އެއްބަސްވީ ދުވަސްކޮޅެއް ފަހުންނެވެ.

ދެހާސް ބާރަވަނަ އަހަރު އާލިއާ ފިލްމީ ދާއިރާއަށް ނިކުތް ފިލްމު، ސްޓޫޑަންޓް އޮފް ދަ އިޔާގެ ތަރި، ސިދާތު މަލްހޯތްރާއާ އާލިއާ ވަނީ ކުރިން ލޯބީގެ ގޮތުން ގުޅިފަ އެވެ. އަދި ރަންބީރު ވަނީ ދީޕިކާ އާއި ކެޓްރީނާ ފަދަ ތަރިންނާ ރައްޓެހިވެފަ އެވެ. އެކަމަކު އެ ހުރިހާ ތަރިންގެ ތެރެއިން ވެސް ރަންބީރުގެ އާއިލާއަށް އެންމެ ކަމުދަނީ އާލިއާ ކަމަށް ވެއެވެ.
ހިޔާލު