India sarukaarun launch eh hadhiya kuranee
image
އިންޑިއާ ސަރުކާރުން އެފްއައިސީ ޕެޓްރޯލް ލޯންޗެއް ހަދިޔާ ކުރަނީ---ފޮޓޯ:އެމްއެންޑީއެފް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އިންޑިއާ ސަރުކާރުން ލޯންޗެއް ހަދިޔާ ކުރަނީ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ފާސްޓް އިންޓާސެޕްޓާ ކްރާފްޓެއް ހަދިޔާކުރުމަށް ހަމަޖެހިއްޖެއެވެ.
އެ ފާސްޓް އިންޓާސެޕްޓާ ކްރާފްޓުގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާޑުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ހިންގާ އޮޕަރޭޝަންތަކުގައި ސިފައިންގެ ގާބިލްކަން މިހާރަށްވުރެ އިތުރުވެގެންދާނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާފާނެ ކަނޑުމަތީގެ ގާނޫނާއި ގަވާއިދާއި ހިލާފު އަމަލުތައް ހުއްޓުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތަކަށް އިތުރު ފުރިހަމަ ކަމެއް ލިބިގެން ދާނެ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާ އެ އުޅަނދަކީ އިންޑިއާގެ ގޯއާގައި ބަނދެފައިވާ 27 މީޓަރު ދިގުމިނުގެ އުޅަނދެކެވެ. އެ އުޅަނދު ރާއްޖެއަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ ފަހުކޮޅުގައެވެ.

އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 16 އޭޕްރީލް 2006 ވަނަ އަހަރު ވަނީ ރާއްޖެއަށް 46 މީޓަރުގެ ކޯސްޓްގާޑް ޝިޕް ހުރަވީ ހަދިޔާކޮށްފައެވެ.
ހިޔާލު