"Fannu expo" in 1 million Rufiyaa ge 5 loanu
image
ފަންނު އެކްސްޕޯ 2019-- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ފާތުމަތު ނަޒުފާ އިރުޝާދު
1 ކޮމެންޓް
 

"ފަންނު އެކްސްޕޯ" އިން އެއް މިލިއަން ރުފިޔާގެ ފަސް ލޯނު

ފަންނު އެކްސްޕޯއިން ވަނަ ވަނަ އަށް ފަރާތްތަކުގެ ތެރެއިން ހޯވާލެވޭ ފަސް ފަރާތަކަށް އެއް މިލިއަން ރުފިޔާގެ ލޯނެއް ލިބޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
މި ލޯނަކީ ހުންނަރުވެރިންނަށް ވިޔަފާރީގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފަހިކޮށްދޭ ލޯނެކެވެ.

އެޕްލިކޭޝަން ފޯމާއި އެކު ހުށަހަޅާ ތަކެތި ބަލައިގަތުން ކުރިޔަށް ދާނީ ދަރުބާރުގޭގަ އެވެ.

ދިވެހި އުފެއްދުންތެރިކަމަށް ހާއްސަ "ފަންނު އެކްސްޕޯ" ގެ ވާދަކުރުމުގެ ބައިގައި ބައިވެރިކުރާ ތަކެތި ބުދަ ދުވަހުން ފަށައިގެން ބަލައި ގަންނަން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ހަތް ދާއިރާއަކުން 78 ގިންތިއަކުން ތަކެތި ބައިވެރިކުރެވޭ އިރު ވާދަކުރުމުގެ ބައިން ޖުމްލް 653 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ ތެރޭގައި މުޅި މައުރަޒުން ހޮވާ ވަނަތަކާ ދާއިރާތަކުންނާއި އެކި ގިންތިތަކުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދާއިރާ އިން ވަނަތައް ހޮވިގެން ދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު މާކެޓިން އެންޑް ޕްރޮމޯޓިން ފާތިމަތު ހިމާ ސީއެންއެމްއަށް ވިދާޅުވީ ޖަޖިން ކްރައިޓީރިއާގައި ބައިވެރި ވާން ބޭނުންވާ މީހުންނަށް މާދަމާ އިން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ފަންނު އެކްސްޕޯގައި މިއަހަރު ވާދަކުރުމުގެ ބައިންނާއި ޑިސްޕްލޭ ކުރުމުގެ ބައިގައި ބައިވެރިވުމަށް ހުޅުވާލާފައި ވާއިރު މިހާތަނަށް ގާތްގަނޑަކަށް 400 އެއް ހާ މީހުން ބައިވެރިވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ފަންނު އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 22 އިން 28 އަށް ދަރުބާރުގޭގައެވެ.
ހިޔާލު

No name entered

ގޭ ކުދިން ތަކަަށް ބާ؟