High court bench ah ithuru kuri 2 magaamah kurimathilaan hulhuvaalaifi
image
ދިވެހިރާއްޖޭގެ ހައިކޯޓު: ފޮޓޯ / މިހާރު
0 ކޮމެންޓް
 

ހައިކޯޓު ބެންޗަށް އިތުރުކުރި ދެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ހައިކޯޓުގެ ބެންޗަށް އިތުރު ކުރި ދެ މަގާމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) މިއަދު ހުޅުވާލައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ކޮށްފައިވާ އިއުލާނެއްގައި މިއަދު ހައިކޯޓަށް ދެ ފަނޑިޔާރުން ބޭނުންވާ ކަމަށާއި އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާ ކަމަށެވެ.

ފަނޑިޔާރު ކަމަށް ކުރިމަތިލާ ފަރާތަކީ މުސްލިމަކަށް ވާންޖެހޭއިރު ބުއްދި ހަމައަށް ހުރި، ގާނޫނު އަސާސީންވެސް އަދި ގާނޫނަކުންވިއަސް އިންތިހާބު ކޮށްފައިވާ ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ވެގެން ނުވާނެ ކަމަށް ބުނެފައިވެއެވެ. އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ކޮށްފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށާއި ސިޔާސީ ޕާޓީއެއް ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހެއް ކަމުގައިވެސް ވެގެން ނުވާނެ ކަމަށް ޖޭއެސްސީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

މި މަގާމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރަށްވުރެ މަތީގެ ފަރާތްތަކަށެވެ. އަދި އިސްލާމީ ޝަރީއާގެ ރޮނގުން ނުވަތަ ގާނޫނުގެ ރޮނގުން ނުވަތަ ނުވަތަ އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. އަދި ފަނޑިޔާރު ކަމުގައި ނުވަތަ ގާނޫނީ ވަކީލެއްގެ ގޮތުގައި ނުވަތަ އެ ދެކަމުން މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާވެސް އެ މަގާމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންވާނެއެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން މި މަހުގެ 21ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން ޖޭއެސްސީއަށް އެމީހެއްގެ ވަނަވަރާއި އަދި ތައުލީމީ ސެޓްފިކެޓުތަކާއި އެކު ހުށަހަޅަންޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އިއުލާނުގައި ބުނެފައިވަނީ މަހު މުސާރައެއްގެ ގޮތުގައި 36،000 ރުފިޔާ ލިބޭނެ ކަމަށާއި ލިވިން އެލަވަންސެއްގެ ގޮތުގައި 15،000 ރުފިޔާ ލިބޭނެ ކަމަށެވެ. ރިސްކު އެލަވަންސްގެ ގޮތުގައި 3300 ރުފިޔާ ލިބޭއިރު ފޯނު އެލަވަންސާއި މެޑިކަލް އިންޝުއަރެންސް މަޖިލީހުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ލިބިގެންދާނެއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައި މިވަނީ އެ ކޯޓުގެ ފަނޑިޔާރުން ބެންޗުގެ އަދަދު 18ވަނަ މަޖިލީހުން ގާނޫނަށް ގެނައި އިސްލާހު އިތުރު ކޮށްފައިވާތީއެވެ. ގާނޫނު އިސްލާހު ކުރުމުގެ ކުރިން ހައިކޯޓު ފަނޑިޔާރު ކަމުގައި ތިއްބަވަނީ 9 ފަނޑިޔާރުންނެވެ. ނަމަވެސް ގާނޫނު އިސްލާހު ކުރީ އިތުރު ދެ ފަނޑިޔާރުންނާއި އެކުގައި މުޅި ހައިކޯޓުގެ ފުލް ބެންޗުގައި 11 ފަނޑިޔާރުން ތިއްބަވާ ގޮތަށެވެ.

ގާނޫނަށް ގެނައި އިސްލާހު އޭރު ރައީސް ޔާމީންގެ ސަރުކާރުގައި އެމަނިކުފާނު ވަނީ 2017ވަނަ އަހަރުގެ ޖޫން މަހުގެ 18ވަނަ ދުވަހު ތަސްދީގު ކުރައްވާފައެވެ. ގާނޫނުގައި ބުނެފައިވަނީ އެ ގާނޫނު ތަސްދީގު ކުރާތާ ތިންމަސް ތެރޭގައި ފަނޑިޔާރުން އައްޔަން ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް އޭގެފަހުން މިހާރު ދެ އަހަރަށްވުރެ ގިނަ ދުވަސް މިވަނީ ވެފައެވެ.
ޖޭއެސްސީ ހައިކޯޓް
ހިޔާލު