Feyhunu Iloshi mifaharu herunee amilla lolah!
image
މީހެއްގެ ކާރަށް ގެއްލުންދެނީ
0 ކޮމެންޓް
 

ފޭހުނު އިލޮށި މިފަހަރު ހެރުނީ އަމިއްލަ ލޮލަށް!

ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލް ވެގެން އުޅޭ ވީޑިއޯއެކެވެ. އިންގްލޭންޑުގެ ޑުރްހަމްގައި ހިނގި އެ ހާދިސާގެ ސީސީޓީވީ ފޫޓޭޖް އާންމުވެ، މީހަކު ފޭހުނު އިލޮށި މިވަނީ އޭނާގެ ލޮލަށް ހެރިފައި ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ބޭރުގެ ނޫސްތަކުން ބުނާ ގޮތުގައި މިމަހުގެ ފަސް ވަނަ ދުވަހު، މީހަކު ނެތް ކާރެއްގެ ތެރެއިން ވައްކަން ކުރަން މީހަކު ވަނީ މަސައްކަތް ކޮށްފަ އެވެ. އެގޮތުން ހޫޑީއެއް ލައިގެން ހުރި އެމީހާ ވަނީ ގާގަނޑެއް ނަގައި ކާރުގެ ލޯގަނޑު ތަޅާލަން ލޯގަނޑަކާ އަމާޒުކޮށް ގާގަނޑު އެއްލާފަ އެވެ.

އެކަމަކު ހީކުރި ގޮތާ ހިލާފަށް ކަންވީ އިދިކޮޅަށެވެ. ލޯގަނޑުގައި ޖެހުން ގޮތަށް ގާގަނޑު އައިސް ޖެހުނީ އޭނާގެ މޫނުމަތީގަ އެވެ. އެއާއެކު ތަދުވެގެން އުޅުން މަންޒަރު ވެސް ފެނުނެވެ.

ސޯޝަލް މީޑިއާގައި އާންމު ކުރި އެ ވީޑިއޯއަށް މިހާތަނަށް 15000 އަށް ވުރެ ގިނަ ވިއުސް ލިބިފައިވާއިރު ގިނަ ބަޔަކު ދަނީ އެކަމަށް ޖޯކުވެސް ޖަހަމުންނެވެ.

އެގައުމުގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި ވައްކަން ކުރަން މަސައްކަތް ކުރުމުގެ އިތުރުން އުޅަނދަށް ގެއްލުންދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި މިހާރު ވަނީ އެގައުމުން 47 އަހަރުގެ މީހަކު ހައްޔަރު ވެސް ކޮށްފަ އެވެ.
އިންގްލެންޑް
ހިޔާލު