Agu dheegen park kuraa parking zone in 40 jaaga dhookohfi
image
ފީ ދައްކައިގެން ޕާކު ކުރެވޭ ގޮތް ހެދި ޒޯނު ތަރައްގީ ކުރުމުގެ ކުރިން-- ފޮޓޯ: މިހާރު
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އަގު ދީގެން ޕާކް ކުރާ ޕާކިން ޒޯނުން 40 ޖާގަ ދޫކޮށްފި

ސުޕްރީމް ކޯޓުގެ ކުރިމަތީގައި މ. ދަންޑަހެލު ގޭގެ ބައެއްގައި އަގު ދީގެން ޕާކް ކުރާ ގޮތަށް ހަދާފައިވާ ޕާކިން ޒޯންގައި ޕާކު ކުރާނެ 40 ޖާގަ ދޫކޮށްފި އެވެ.
އިސްކަންދަރު ސްކޫލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި 40 ޖާގަ ދޫކޮށްފައިވަނީ ގުރުއަތު ނަގައިގެންނެވެ. މިޖާގަތަކަށް 104 މީހުން ކުރިމަތިލި ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

މަހު ފީ ކަނޑައަޅާފައިވާ ގޮތް

  • - ސައިކަލް 600ރ.

  • - ކާރު، ވޭން، ޕިކަޕު 3،000ރ.

  • - 2000-500 ކިލޯ ގްރާމްގެ ޕިކަޕް 3،500ރ.

  • - 5000-2000 ކިލޯ ގްރާމްގެ ޕިކަޕް 4،000ރ.


  • މާލެ ސިޓީ ކައުންސިލުން ބުނީ ގުރުއަތުން ހޮވުނު ފަރާތްތަކަށް ޖާގަތައް ވަރަށް އަވަހަށް ހަވާލުކުރާނެ ކަމަށެވެ.

    އަގުދީގެން ވެހިކަލް ޕާކްކުރުމުގެ އުސޫލެއް ފާސްކުރުމަށްފަހު އެ އުސޫލުގެ ދަށުން ޖާގަތައް ހޯދުމަށް އާންމުކޮށް ހުޅުވާލީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.

    މާލޭގައި ދުއްވާ އުޅަނދުތައް ގިނަވެ، އުޅަނދުތައް ޕާކް ކުރުމަށް ޖާގަ ނެތް މައްސަލަ ވަނީ އިންތިހާ އަށް ބޮޑުވެފަ އެވެ.

    މާލޭގައި ޕާކް ކުރާނެ ޖާގަ ނެތުމުން ސަރުކާރުން ގެންދަނީ ޕާކިންއަށް ހާއްސަކޮށްގެން ސަރަހައްދުތަކެއް ހަދަމުންނެވެ.
    ހިޔާލު