Fathuhullah adhi Nashidh ge namah aamunge khiyaalu hoadhanee
image
މީރާ --
1 ކޮމެންޓް
 

ފަތުހުﷲ އަދި ނާޝިދުގެ ނަމަށް އާއްމުންގެ ހިޔާލު ހޯދަނީ

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ފަތުހުﷲ ޖަމީލާއި އިސްމާއީލް ނާޝިދުގެ ނަމަށް އާއްމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކަށް އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައި ކަމަށެވެ.

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހަ ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު، އެ ހަ ބޭފުޅުންގެ ނަންވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. އެއީ މުހައްމަދު ސިރާޖު މުނީރާއި އަސްމާ ޝަފީއުއާ އިސްމާއިލް ސާޖިދާއި އަހުމަދު ޝަރީފެވެ. އަދި އަހުމަދު ވާފިރާއި އަހުމަދު އަގީލްގެ ނަންވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަށް އައްޔަން ކުރައްވަން ރައީސް ފޮނުއްވި ދެ ބޭފުޅުންގެ ތެރެއިން ފަތުހުﷲ އަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަރެކެވެ. ނަމަވެސް މިހާރު އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިރާގުގައެވެ. އިސްމާއީލް ނާޝިދަކީ ކަސްޓަމްސްގެ އެސިސްޓެންޓު ކޮމިޝަނަރެވެ. އޭނާ ކަސްޓަމްސްގައި މަސައްކަތް ކުރައްވާތާ 18 އަހަރު މިހާރު ވަނީ ވެފައެވެ.

މީރާގެ އިސް މަގާމުތަކަށް ހުސްވެފައި މިވަނީ މީރާގެ ގާނޫނަށް ގެނައި އިސްލާހަކުން ކުރިން އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަގާމު ގެއްލިގެން ދިއުމުންނެވެ.

މަޖިލީހުން ފާސްކުރި އެ އިސްލާހު ގާނޫނަކަށްވެ އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އަލުން މީހަކު އައްޔަން ކުރަން ޖެހޭނެ ކަމަށެވެ.
މީރާ މަޖިލިސް
ހިޔާލު

ދިވެހި ރައްޔަތެއްގެ ދުލުން

ތިޔަ މަގާމައް އެއްމެ ގާބިލް ބޭފުޅަކީ ނާޝިދުކަމާމެދު އެއްވެސް ރައްޔަތަކު ދެބަހަެއްނުވާނެކަން ކަށަވަރު މިގޮތުން އެކައުންޓު ނުވަތަ ހިސާބުގެ ދާއިރާންބެލިޔަސް މުޅި ޔުނިވާސިޓީ އެއްވަނަ މިފަހުރުވެރިކަމާއި ބައްލަވާ ކަސްޓަމްސްގެ ދާއިރާިން ނާޝިދަކީ މުޅިކަސްޓަމް މިވަރަކުންވެސް ނުފުދޭ ދުނިޔޭގެ ކަސްޓަމް ޖަމުއިއާގެ ކަސްޓަމްތަކުގެ އެކި އެކި ޓްރޭނިންތަކުގައި ކިޔަވާދޭ މުދައްރިސެއް ތެދުވެރިކަމާ ހިންހެޔޮކަމުގެ ނަމޫނާއެއް މުޅި ދިވެހިރާއްޖެ ފަހުރުވެރިވާ ދަރިއެއް ނާޝިދަކީ މިއީވަރައްކުރުކޮއް ނާޝިދާ ބެހޭގޮތުން ލޮބުވެތި ރައްޔަތުންނައް ގެނައިސްދެވު ކުރު ލިޔުމެން.