Faseyhain fasiaa dhehkey portal eh BML in tha'aaraf koffi
image
ބައިލް ޕޮއިންޓް އޮފް ސޭލް (އެމްޕޮސް) ގެ ހިދުމަތް ތައާރަފްކުރަނީ-- ފޮޓޯ: ބީއެމްއެލް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ފަސޭހައިން ފައިސާ ދެއްކޭ ޕޯޓަލް އެއް ބީއެމްއެލް އިން ތައާރަފްކޮށްފި

ކާޑާއި އޮންލައިންކޮށް މުއާމަލާތްކޮށް، ވިޔަފާރިކުރާ ކަސްޓަމަންރުންނަށް ސްމާޓްފޯން ބޭނުންކޮށްގެން ފަސޭހަކަމާއެކު ފައިސާ ބަލައިގަނެވޭ މޯބައިލް ޕޮއިންޓް އޮފް ސޭލް (އެމްޕޮސް) ގެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކޮށްފިއެވެ.
އަލަށް ތައާރަފްކުރެވުނު އެމްޕޮސް އެޕް ބޭނުންކޮށްގެން ކްރެޑިޓް، ޑެބިޓް އަދި ޕްރީޕެއިޑް ކާޑުގެ އިތުރުން ތަފާތު ގިނަ ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް ކޮންމެ ވަގުތަކުވެސް ފައިސާ ބަލައިގަނެވޭނެއެވެ.

މިއީ ވިޔަފާރިތަކަށް ލުއި ފަސޭހަކަމާއި، ރައްކާތެރިކަމާއެކު ފައިސާ ބަލައިގަނެވޭ އެންމެ ޒަމާނީ އެއް ވަސީލަތެވެ. އެމްޕޮސް އާއެކު ބީއެމްއެލް އިން ވަނީ މިއަދު މާޗަންޓް ޕޯޓަލްގެ ހިދުމަތްވެސް ތައާރަފްކޮށްފައެވެ.

އެ ހިދުމަތް ބޭނުންކޮށްގެން ވިޔަފާރިތަކުން ފައިސާ ބަލައިގަތުމަށްޓަކައި އޮންލައިން ނުވަތަ އީމެއިލް މެސެޖަކުން ޕޭމަންޓް ލިންކް ފޮނުވުމާއި، ޓްރާންސްސެކްޝަންތަކުގެ ތަފްސީލް ބަލައިލުމާއި ވިޔަފާރީގެ ރިޕޯރޓްތައްވެސް ތައްޔާރުކޮށްލެވޭނެއެވެ. އޭގެ އިތުރުން ފިހާރަތަކުގައި ހުންނަ ކިޔުއާރު ކޯޑް ސްކޭންކޮށްލައިގެންވެސް މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭނެއެވެ.

އިލެކްޓްރޯނިކް ޕޭމަންޓް ހިދުމަތާއި ބެހޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ބޭނުން ވަގުތަކު ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތް ކުރެވިގެންދާނެ ކަމާއި އުންމީދަކީ ހުރިހާ ވިޔަފާރިތަކަށް އެ ހިދުމަތާއެކު ފައިދާ ލިބިގެންދިޔުން ކަމަށެވެ.

"މިއަދު ތައާރަފްކުރެވުނު ޚިދުމަތްތަކާއެކު ބޭނުން ވަގުތަކު ފަސޭހަކަމާއެކު ރައްކާތެރިކޮށް ފައިސާގެ މުއާމަލާތްކުރެވިގެންދާނެ. އަޅުގަނޑުމެންގެ އުއްމީދަކީ ރާއްޖޭގެ އެންމެހާ ވިޔަފާރިތަކަށާއި އެ ވިޔަފާރިތަކާއެކު މުޢާމަލާތްކުރައްވާ ކަސްޓަމަރުންނަށްވެސް މި ޚިދުމަތުގެ ފައިދާ ލިބިގެންދިޔުން" ޓިމް ސޯޔާ ވިދާޅުވިއެވެ.

ބީއެމްއެލްގެ ޕީއޯއެސް ނެޓްވަރކް މެދުވެރިކޮށް ކާޑާއި ޑިޖިޓަލް ވޮލެޓް ހިމެނޭ ގޮތަށް ހުރިހާ ކޮންޓެކްޓްލެސް ޕޭމަންޓްތައްވެސް ބަލައިގަނެވޭނެއެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް އަލީ ޕޭ، ގޫގުލް ޕޭ، އަދި އެޕަލް ޕޭ އިން ފައިސާ ދެއްކުމުގެ ހިދުމަތްވެސް ލިބިގެންދާނެއެވެ.
ބީއެމްއެލް
ހިޔާލު