Alhugandumenge visnumugai mi sarukaaru hingan beynun: Nasheed
image
ދަރުބާރުގޭގައި ބޭއްވި ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--
2 ކޮމެންޓް
 

އަޅުގަނޑުމެންގެ ވިސްނުމުގައި މި ސަރުކާރު ހިންގަން ބޭނުން: ނަޝީދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު، "އަޅުގަނޑުމެން ވިސްނުމުގައި" ހިންގަން ބޭނުންވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރައީސް ކަމަށް އިތުރު ދައުރަކަށް ކުރިމަތިލައްވާ، އެ ޕާޓީގެ މެމްބަރުންގެ ތާއީދު ހޯއްދެވުމަށް ރޭ ދަރުބާރު ގޭގައި ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި ޕާޓީގެެ މެމްބަރުންގެ އުއްމީދާ ގުޅޭ ގިނަ ކަންކަން އެބަ ހުރި ކަމަށާއި އަދި އެމަސައްކަތަކީ އެހެން ބަޔަކަށް ކުރަން ދަތި މަސައްކަތެއް ކަމަށެވެ.

އޭގެ އިތުރުން ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އޮޅިވަޑައިނުގަންނަވާ ކަމަށާއި އަދި އެމަނިކުފާނު އެޕާޓީގެ ވިންދާއި އިހުސާސްތަކާއި އަދި އުންމީދުތަކާ އިދިކޮޅަށް ފުށުއަރާނެ ގޮތަށް ކަންކަން ނުގެންދަވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ނަޝީދު ވަނީ ރާއްޖެއަށް ބަދަލު އަންނަން ޖެހޭކަން ފާހަގަކުރައްވާ ކޯޓުތަކާއި މިނިވަން މުވައްސަސާތަކުގައި ތިއްބެވި ބޭފުޅުންނަށް ވެސް ބަދަލު އަންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމްޑީޕީ ނިކުމެ އޮތީ ރާއްޖޭގެ ރައްޔިތުންނަށް އިންސާފު ކަށަވަރުކޮށްދޭން ކަމަށް ވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ ވާދަވެރިން އަބަދުވެސް ރޭވުންތައް ރާވަމުން އަންނަ ކަމަށާއި އެކަމަކު އެޕާޓީގެ ސާބިތުކަން ގުޑުވާނުލެވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުންތައް އުފައްދަން މަސައްކަތް ކުރެއްވި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ އިތުރުން ނަޝީދު ވަނީ އެމްޑީގެ ސަރުކާރެއް އޮވެ، އެޕާޓީގެ މެޖޯރިޓީ މަޖިލީހުގައި ވެސް އޮތްއިރު އެ ޕާޓީން އިސްލާހުކުރުމަށް ބޭނުންވާ ކަމެއް މިހާރު ނުކުރެވި ނޯންނާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ހިޔާލު

ސުލޭމާނު

ތިވާހަކަ ރަނގަޅު. އެކަމަކު ރަނގަޅުގޮތްވެސް ރަނގަޅުވާންްޖެހޭނެ. ތިމާއެދޭގޮތަށް ހުރިހައިކަމެއް ކުރަންއުޅުމަކީވެސް ގޯހެއް. ވިސްނުންއެއްގޮތްކޮށްގެން މަޝްވަރާގެމަގުން މިވެރިކަން ހިންގައި ނިންމާލުމަކީ ބުއްދިވެރި، އަދި ނަމޫނާކަމަކަށްވާނެ. އިންތިޒާރު!

ދަށުދަރަޖައިގެ ނަށށިދު

ތީ ގޯސްވީ ނަށީދު ވިސްނުން ރައްޔިތުން ބަލައެއް ނުގަންނާނެ ނަޝީދު ހަގީގަތުގަވެސްބދީނަށް ފުރައްސާރަކުރާ މީހެއް