Bajaj ge role Karan dhookohlee keehve?
image
ކަރަން--
0 ކޮމެންޓް
 

ބަޖާޖުގެ ރޯލު ކަރަން ދޫކޮށްލީ ކީއްވެ؟

އެކްތާ ކަޕޫރުގެ އެންމެ މަގްބޫލު އެއް ޑްރާމާ، ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިގައި ބަޖާޖުގެ ރޯލުން ކަރަން ސިންގް ގުރޯވާ ފެނިގެން ދިޔައިރު އޭނާ ވަނީ މިހާރު އެ ޝޯ ދޫކޮށްލާފަ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އޭނާ އެޝޯ ދޫކޮށްލީ އެ ކެރެކްޓަރާ މެދު އޭނާ ހިތްހަމަނުޖެހޭތީ އެވެ. އަދި އެ ރޯލުގެ ސަބަބުން އޭނާގެ ހުނަރު ނުދެއްކޭތީ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ބައެއް ނޫސްތަކުން ބުނާ ގޮތުގައި ކަރަން އެރޯލު ދޫކޮށްލާފައި ވަނީ ޝޯގެ އުފެއްދުންތެރިންނާ ދެމެދު މައްސަލައެއް ޖެހިގެންނެވެ.

އެކަމާ ގުޅޭ ގޮތުން އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ކަރަން ބުނީ އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އޭނާ އެ ޝޯއިން ވަކިވީ، މި ވަގުތަށް ވާހަކައިގައި އެހެން ލިޔެފައި ވާތީ ކަމަށް ވެސް ކަރަން ވަނީ ބުނެފަ އެވެ.

ކަރަން އިތުރަށް ބުނީ ބަޖާޖުގެ ރޯލު ކުޅުމަށް އޭނާއަށް ވަރަށް މަޖާވި ކަމަށެވެ.

މިއީ ކަރަން ބޮލީވުޑުގައި މަސައްކަތް ކުރުމަށް ޓީވީ ދާއިރާއާ ދުރަށް ޖެހިލުމަށް ފަހު ކުރާ ފުރަތަމަ ޓީވީ ޝޯގެ މަސައްކަތެވެ. އެންމެ ފަހުން އޭނާ ޓީވީ ޝޯއަކުން ފެނުނީ މަގްބޫލު ޑްރާމާ، "ގަބޫލު ހޭ" އިން 2016 ވަނަ އަހަރެވެ.

ދެހާސް އެއްވަނަ އަހަރު އެންމެ ފުރަތަމަ ކަސޯޓީ ދައްކަން ފެށިއިރު ޝޯގެ ފުރަތަމަ ބައިން ޕްރެނާގެ ރޯލުން ފެނިގެން ގޮސްފައި ވަނީ މަޝްހޫރު ތަރި ޝްވެތާ ތިވާރީ އެވެ. އަނުރާގްގެ ރޯލުން ފެނިގެން ގޮސްފައި ވަނީ ސިޒޭން ހާނެވެ. ކޮމޮލިކާގެ ރޯލުން އުރަވަޝީ ފެނިގެންދިޔަ އިރު ބަޖާޖުގެ ރޯލުން ފެނިގެން ދިޔައީ ރޯނިތު ރޯއީ އެވެ.

ޝޯގެ ދެވަނަ ބައިން ޕްރެނާގެ ރޯލުން އެރިކާ ފެނާންޑަޒް ފެނިގެން ދިޔައިރު އަނޫރާގް ގެ ރޯލުން ފެނިގެންދަނީ ޕާރްތު ސަމްތާން އެވެ. އަދި ކޯމޮލިކާގެ ރޯލުން ފެނިގެންދަނީ ހީނާ ހާންއެވެ. ކަސޯޓީގެ ފުރަތަމަ ބައި ފަދައިން ދެވަނަ ބަޔަށް ވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
ހިޔާލު