Test gai makaru hedhun huhtuvan dharivarunge bolugai foshi alhuvaifi
image
0 ކޮމެންޓް
 

ޓެސްޓުގައި މަކަރު ހެދުން ހުއްޓުވުމަށް ދަރިވަރުންގެ ބޮލުގައި ފޮށި އަޅުވައިފި

އިންޑިއާގެ އަވަށެއް ކަމަށްވާ ކަރްނަޓަކާގެ އަމިއްލަ ކޮލެޖެއްގައި ކިޔަވަމުން އަންނަ ދަރިވަރުން ޓެސްޓުގައި މަކަރު ހެދުން ހުއްޓުވުމަށް ބޮލުގައި ކަރުދާސް ފޮށި އަޅުވައިފި އެވެ.
ދަރިވަރުންގެ ބޮލުގައި އަޅުވާފައި ވަނީ ތަފާތު އެކި ބާވަތްތަކުގެ އެެއްޗެހި ހުސްކޮށްފައި ހުރި ކަރުދާސް ފޮއްޓެވެ. އެގޮތުން އެކަން ސޯޝަލް މީޑިއާއަށް އާންމުކުރީ އެ ކޮލެޖުގެ މެނޭޖުމަންޓުގައި މަސައްކަތް ކުރަމުން އަންނަ ސަތީޝް ހެރޫރް ނަމަކަށް ކިޔާ މީހެކެވެ. މިދިޔަ ބުދަ ދުވަހު ފޮޓޯއާއެކު އޭނާ އެ ވާހަކަތައް ހިއްސާކުރުމާއެކު ގިނަ ބައެއްގެ ފަރާތުން ވަނީ ވަރަށް ނުރުހުންފާޅުކޮށް ކޮމެންޓްކޮށްފަ އެވެ.

ޓެސްޓު ހޯލުގައި ތިބި ހުރިހާ ދަރިވަރުން ވެސް ބޮލުގައި ހުސް ކަރުދާސް ފޮއްޓެއް އަޅައިގެން ތިބިއިރު އެއީ ކިލެޖުގެ މިޑްޓާމް އިމްތިހާނުގެ ފޮޓޯތަކެއް ކަމަށް ވެއެވެ.

އެގޮތަށް ދަރިވަރުންގެ ބޮލުގައި ކަރުދާސް ފޮށި އަޅުވާފައިވަނީ މިދިޔަ އަހަރު ވަރަށް ގިނަ ދަރިވަރުންތަކެއް ޓެސްޓުތަކުގައި މަކަރު ހަދާފައިވާތީ ކަމަށް ވެއެވެ.

އެކަމާ ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކުރީ ދަރިވަރުން އެހާ އުނދަގުލުގައި ހާސްވެ ތިބެ ޓެސްޓު ހަދަން އެ ކޮލެޖުން މަޖްބޫރުކޮށްފައިވާތީ އެވެ.

އެކަމާ ގުޅިގެން އެގައުމުގެ ސަރުކާރުން ވަނީ އެކަމުގައި ޖަވާބުދާރީވުމަށް ކޮލެޖަށް އަންގާފަ އެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުކުރުމަށާއި އެގޮތަށް ތަކުރާރުކޮށްފިނަމަ ކެލެޖުގެ ލައިސަންސް ކެންސަލު ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އިންޑިއާ
ހިޔާލު