19 gadi iruge flight akun hashigandah kuraane asaru dhene gannanee
image
ގަންތަސް އެއާލައިންސްގެ ފްލައިޓެއް--
0 ކޮމެންޓް
 

19 ގަޑިއިރުގެ ފްލައިޓަކުން ހަށިގަނޑަށް ކުރާނެ އަސަރު ދެނެގަންނަނީ

އޮސްޓްރޭލިއާގެ އިރުމަތީ އައްސޭރި ފަށާއި ލަންޑަން ނުވަތަ ނިއު ޔޯކާ ދެމެދު ގަވާއިދުން ސީދާ ދަތުރުތައް ވަރަށް އަވަހަށް ހަގީގަތަކަށް ވާނެ އެވެ. އެކަމަށްޓަކައި އޮސްޓްރޭލިއާގެ ކްއަންޓަސް އެއާލައިންސް އިން އަންނަނީ ތައްޔާރުވަމުންނެވެ.
މެދުނުކެނޑި ކުރާނެ ދުނިޔޭގެ އެންމެ ދިގު ދަތުރަކީ އެއީ އެވެ. ނަވާރަ ނުވަތަ ވިހި ގަޑިއިރު ހުއްޓުމެއް ނެތި ވައިގައި ދަތުރު ކުރުމުން ހަށިގަނޑަށް ކުރާނެ އަސަރެއް އަދިއެއް ނޭނގެ އެވެ. އެކަން ޔަގީން ކުރުމަށް ގަންތަސް އިން ވަނީ ހުކުރު ދުވަހު ތިން ޓެސްޓު ފްލައިޓު ފަށާފަ އެވެ.

ބޮއިންގް 787-9 ޑްރީމްލައިނާ ދަތުރު ފެށީ އޮކްޓޯބަރު 18 ގައި ނިއު ޔޯކުންނެވެ. އެ ފްލައިޓް ސިޑްނީއަށް ތިރި ކުރާނީ އޮސްޓްރޭލިއާ ގަޑިން އާދީއްތަ ދުވަހުގެ ހެނދުނެވެ. އެ ބޯޓުގައި 40-50 އަށް މީހުން އެބަ ތިއްބެވެ. އެއީ ޕަސަންޖަރުންނާއި، ޕައިލެޓުންނާއި ސައިންޓިސްޓުންނާއި ސިއްހީ ތަޖުރިބާކާރުންނެވެ.

މި ޓެސްޓު ދަތުރުގައި ޕަސަންޖަރުން ތިބެން ޖެހެނީ މޮނިޓަރިން ޑިވައިސް އަޅައިގެންނެވެ. އެމީހުންގެ ހަށިގަނޑަށް އަންނަ ބަދަލުތައް ބަލަމުން ދާނީ ސިއްހީ ތަޖުރިބާކާރުންނެވެ. އޭގެ އިތުރުން ޕައިލެޓުންގެ ހަރަކާތްތައް ވެސް މޮނިޓާ ކުރާއިރު، ނިދުމަށް އަސަރު ކުރާ މިންވަރު ދެނެގަތުމަށް ހާއްސަ ސަމާލުކަމެއް ދޭނެ އެވެ.

ފްލައިޓް ދުއްވަމުން ދާއިރު، ޕައިލެޓުންގެ ސަމާލުކަން ހުރި މިންވަރު ބެލުމަށް ކޮކްޕިޓުގައި ހާއްސަ ކެމެރާތަކެއް ވެއެވެ. މި ދަތުރުތައް ރަސްމީކޮށް ފެށުމަށް ކުރާ ދިރާސާގެ ސަބަބުން ސައިންސާއި އޭވިއޭޝަން އިންޑަސްޓްރީއަށް މުހިއްމު މައުލޫމާތު ލިބޭނެ ކަމަށް ބެލެވެ އެވެ.

މި ދިރާސާގެ ސަބަބުން ވައިގެ ދަތުރުފަތުރަށް މާ ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށް ސައިންސްވެރިން ބުނެ އެވެ. އެއީ ސިންގަޕޫރާއި ނިއު ޔޯކާ ދެމެދު ސިންގަޕޯ އެއާލައިންސުން މިހާރު ވެސް މެދުނުކެނޑި 17 ގަޑިއިރުގެ ދަތުރުތައް ކުރަމުން ދާތީ އެވެ.
ހިޔާލު