Cruise ehga molhu photo eh nagan ulhenikoh umurah suspend koffi
image
އަންހެން މީހާ ފޮޓޯ ނަގަން މަސައްކަތް ކުރަނީ-- ފޮޓޯ: ޕީޓާ ބްލޮސިޗް
1 ކޮމެންޓް
 

ކްރޫޒެއްގައި މޮޅު ފޮޓޯއެއް ނަގަން އުޅެނިކޮށް އުމުރަށް ސަސްޕެންޑުކޮށްފި

ކްރޫޒް ލައިނާއެއްގެ ބެލްކަނި މައްޗަށް އަރާ ފޮޓޯ ޝޫޓެއް ކުރިއަށް ގެންދިޔަ އަންހެނަކު މުޅި އުމުރަށް އެ ކްރޫޒު ކުންފުނިން ސަސްޕެންޑުކޮށްފި އެވެ.
ރޯޔަލް ކެރީބިއަން ކުންފުނީގެ އެލިޔޮ އޮފް ދަ ސީޒް މަނަވަރުގައި އެ ހާދިސާ ހިނގީ ހެއިޓީއަށް ދަތުރު ކުރަމުން ދަނިކޮށެވެ. އެ އަންހެން މީހާ މަނަވަރުގައި ދިރިއުޅޭ ކޮޓަރީގެ ބެލްކަންޏަށް ނިކުމެ، ދަގަނޑު ބުރި މައްޗަށް އަރާ ހުރި މަންޒަރު ފެނުނީ އެހެން ޕަސަންޖަރަކަށެވެ.

ޕީޓާ ބްލޮސިޗަށް އެ މަންޒަރު ފެނުމުން އޭނާ ވަނީ ވަގުތުން އެ މަނަވަރުގެ މުވައްޒަފުންނަށް އަންގާފަ އެވެ. އެ އަންހެން މީހާ އެތަނަށް އަރާ ހުރި ސަބަބު ނޭނގޭ ކަމަށާއި، ބިރުން މުވައްޒަފުންނަށް އެންގީ އޭނާ އަމިއްލައަށް މަރުވާ އުޅޭ ކަމަށް ހީވެގެން ކަމަށް ބްލޮސިވް ވަނީ ބުނެފަ އެވެ.

ބްލޮސިޗް ފަހުން ވަނީ މަޑު ނޫކުލައިގެ ސްވިމް ސޫޓެއް ލައިގެން ހުރި އެ އަންހެން މީހާ އެތަނަށް ނިކުމެ ހުއްޓާ އޭނާ ނެގި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.

މަނަވަރުގެ ކްރޫއިން ވަނީ ޖެމެއިކާއާ ގާތް ކުރުމުގެ ކުރިން އެ އަންހެން މީހާ ހޯދާފަ އެވެ. އަދި އެތަނުން އެ އަންހެން މީހާ މަނަވަރު ބޭލުމަށް ފަހު، އެ ކުންފުނީގެ ކްރޫޒެއްގައި ދުވަހަކު ވެސް ދަތުރު ނުކުރެވޭނެ ކަމަށް އޭނާއަށް އަންގާފައި ވެއެވެ.
ހިޔާލު

ފައިސާ ފައިސާ

މަނަވަރު؟ ޢެންޑް ކުރޫޒްލައިން