Fala meehunge fuppaameinn furathama faharah sarubee fenijje
image
0 ކޮމެންޓް
 

ފަލަ މީހުންގެ ފުއްޕާމެއިން ފުރަތަމަ ފަހަރަށް "ސަރުބީ" ފެނިއްޖެ

ފަލަ އަދި ބަރު މީހުންގެ ފުއްޕާމެއިން ފުރަތަމަ ފަހަރަށް ސަރުބީ ހުންނަ "ފެޓީ ޓިޝޫ" ފެނިއްޖެ އެވެ.
އޮސްޓްރޭލިއާގެ ދިރާސާ ކުރާ ފަރާތްތަކުން ވަނީ 52 މީހެއްގެ ފުއްޕާމެއިން ސާމްޕަލް ބަލާފަ އެވެ. އެ ސާމްޕަލްތަކުން އެނގުނު ގޮތުގައި ފަލަވާ ވަރަކަށް، ސަރުބީ ހުރި މިންވަރު އިތުރެވެ.

އެ ދިރާސާގެ ސަބަބުން ބަރުވުން ނުވަތަ ފަލަވުމާއި އެސްމާ ފަދަ ފުއްޕާމޭގެ ބަލިތަކާއި އޮތް ގުޅުން ދެނެގަތުމަށް ފަސޭހަ ވާނެ ކަމަށް ބެލެވެ އެވެ.

ފުއްޕާމޭގައި ހުންނަ ސަރުބީ ނުވަތަ ފެޓީ ޓިޝޫ، ބަރުދަން ލުއި ކުރާ ވަރަށް މަދުވަމުން ދޭތޯ ބެލުމަކީ ސައިންސްވެރިންގެ އަމާޒެކެވެ.

ހަށިގަނޑުގެ ބަރުދަނުގެ ސަބަބުން ފުއްޕާމެއާއި ނޭވާލުމުގެ ނިޒާމަށް އަސަރު ކުރުން އެކަށީގެންވާކަން މީގެ ކުރިން އެއްވެސް ދިރާސާއަކުން ހޯދިފައެއް ނުވެ އެވެ.
ސިއްހަތު
ހިޔާލު