Trump ge resort ga G7 summit baavvan ulhumun faadukiyun amaazu vejje
image
ޓްރަމްޕްގެ ރިސޯޓު--
0 ކޮމެންޓް
 

ޓްރަމްޕްގެ ރިސޯޓުގައި ޖީ7 ސަމިޓު ބާއްވަން އުޅުމުން ފާޑުކިޔުން އަމާޒުވެއްޖެ

އަންނަ އަހަރުގެ ޖީ7 ސަމިޓު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިސޯޓެއްގައި ބޭއްވުމަށް މަސައްކަތް ކުރުމަށް ފަހު ފާޑުކިޔުން އަމާޒުވުމުން އެކަން ހުއްޓާލައިފި އެވެ.
ޓްރަމްޕް ކުރެއްވި ޓްވީޓުތަކެއްގައި ވިދާޅުވީ އެގޮތަށް ނިންމީ އިދިކޮޅު ޑިމޮކްރެޓުންގެ އެއްވެސް އަސާސެއް ނެތް ފާޑުކިޔުންތަކުގެ ސަބަބުން ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވައިޓް ހައުސް އިން ބުނީ ސަމިޓު އޮންނާނީ ފްލޮރިޑާގައި ހުންނަ ޓްރަމްޕް ނޭޝަނަލް ޑޯރަލް މަޔާމީ ރިސޯޓުގައި ކަމަށެވެ.

އެކަމަކު މިހާރު ބުނަމުން ދަނީ އެމެރިކާގެ ރައީސަށް ހާއްސަ ކޭމްޕް ޑޭވިޑުގައި ސަމިޓު ބޭއްވޭނެ ކަމަށެވެ.

ޓްރަމްޕްގެ އެ ރިސޯޓަކީ 800 އޭކަރު ފަސް ގޮލްފް ކޯޒާއި 700 ކޮޓަރި އާއި، ސްޕާއަކާއި، ކޮންފެރެންސް ރޫމުތަކާއި ފިހާރަތަކާއެކު ހަދާފައިވާ ތަނެކެވެ.
ހިޔާލު