Thunbulhi Orange kula kurun Hama ehaa Salhitha?
image
3 ކޮމެންޓް
 

ތުނބުޅި އޮރެންޖް ކުލަކުރުން، ހަމަ އެހާ ސަޅިތަ؟

ބޮލުގެ އިސްތަށިގަނޑަށް ތަފާތު އެކި ކުލަތައް ގެނައުމަކީ ދިވެހިންގެ ތެރޭގައި ވެސް ވަރަށް އާންމު ކަމެކެވެ. އެގޮތުން ދޭ ތެރެ ދޭތެރެއިން ބޮލުގެ އިސްތަށިގަނޑުގެ ކުލަ ބަދަލުކުރާ ބަޔަކު ވެސް އަހަރެމެންގެ ތެރޭގައި އުޅޭއިރު މިފަހަކަށް އައިސް ފިރިހެނުން ތުނބުޅީގެ ކުލަ ބަދަލުކުރުން ވެސް މަދުމަދުން ދަނީ ފެންނަމުންނެވެ.
އެގޮތުން ގިނަ ބަޔަކު ތުނބުޅީގައި އެންމެ ގިނައިން ހާކަނީ އޮރެންޖް ކުލަ އެވެ. ނޫނީ ހީނާފަތުން އެކުލަ ތުނބުޅިއަށް ގެނެއެވެ.

މި ޓްރެންޑް މިހާރު ވައިގައި ހިފާފައިވާއިރު ގިނަ ބަޔަކު ބުނަނީ އެމީހުން ތުނބުޅީގައި އެކުލަ ޖެއްސުމުން ވަރަށް ޒުވާން ވެއްޖެކަމަށް ގާތް މީހުން ބުނާ ކަމަށެވެ. އަދި ވަރަށް ބޮޑަށް މީހާ ރީތި ކަމަށް މީހުން ބުނާ ކަމަށެވެ.

ކޮންމެއަކަސް ފިރިހެނުން އެގޮތަށް ތިބޭއިރު ބައެއް އަންހެނުންނަށް ވެސް އެކަން ސަޅިވެއެވެ. ބުރާއްޖޭގައި ވެސް މަދުމަދުން މީހުންގެ ތުނބުޅި އޮރެންޖުކޮށްފައި ހުންނަ މަންޒަރު ފެންނައިރު އެމީހުންނަށް ވެސް އަރަމުން އަންނަ މި ޓްރެންޑް މާކަމުދަނީ ކަމަށް ވެދާނެ އެވެ.

ހީނާފަތް އާންމުކޮށް ދިވެހިން ބޭނުންކުރަނީ އަތް ފައިގައި އެޅުމަށެވެ.

އެކަމަކު އިހުއްސުރެ ވެސް ބޮލުގެ އިސްތަށިގަނޑު ވަރުގަދަ ކުރުމަށް ބޮލުގައި ވެސް ހީނާ އަޅަ އެވެ.
ބަންގްލަދޭޝް
ހިޔާލު

ހަސަނު

ނުރަޖެހުމުން ކަޅުކުލަ ނޫން ކުލައެއް ޖެއްސުން އެއީ ރަނގަޅުކަމެއް

ޓަކަފިރޯށި

މޫނުގަ ކުލަލައި މުޅިއަނގައިގަ ކުލަވަށާ ނޭފަތާ ބުމަޔާ ތުންފަތް ތޮރުފާ ބުޅިލުން ހަމައެހާ ސަޅިތަ؟

ޙާތިމް

އެހުންނަނީ މީހުންގެ ޒާތީކަންކަން. ޢެކަމާވެސް ނޫސްވެރިން ބެހިގަންނަން ޖެހޭބާ!