Raajje ah enburi ais masahkaiy kuraanee PPM gai: Shaheem
image
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު -- ފޮޓޯ: ޝަހީމް/ފޭސްބުކް
7 ކޮމެންޓް
 

ރާއްޖެ އައިސް މަސައްކަތް ކުރާނީ ޕީޕީއެމްގައި: ޝަހީމް

އޮގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޮންފަރެންސް (އޯއައިސީ)ގެ ވަޒީފާގެ މުއްދަތު ހަމަވުމުން އެނބުރި ރާއްޖެ ވަޑައިގަތުމަށް ފަހު މަސައްކަތް ކުރައްވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އަރިހުގައި ޕީޕީއެމްގައި ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑަކީ މުސްލިމު ދިވެހި ރައްޔިތަކީމެވެ. ރިޔާސީ އިންތިޚާބަށް ފަހު، އަޅުގަނޑު އޯއައިސީގެ ވަޒީފާއަށް އައީ އެއް އަހަރު ދުވަހަށެވެ. އަދި ޑިސެމްބަރ މަހުގައި އަހަރުވާނެއެވެ. އެއަށް ފަހު އަޅުގަނޑު ޤަސްތުކުރަނީ ރާއްޖޭގައި މަސައްކަތްކުރެވޭ ގޮތައް އެނބުރި އަޅުގަނޑުގެ ލޯބިވާ ޤައުމަށް ދިއުމަށެވެ. ސިޔާސީ ގޮތުން މަސައްކަތްކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބިފައިވަނީ ޕީޕީއެމްއާއެކުގެވެ. އިރާދަކުރެއްވިއްޔާ ކުރިއަށް ދާނީ ރައީސް ޔާމީން އަރިހުގައި ޕީޕީއެމްއާއެކީގައެވެ." ޝަހީމްގެ ފޭސްބުކް ޕޭޖުގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.

ޝަހީމް ވަނީ ރައީސް ޔާމީނާއި ޕީޕީއެމްގެ ވެރިންނާއި އާންމު އެންމެހާ މެމްބަރުން އެމަނިކުފާނާ މެދު އަބަދުވެސް ބަހައްޓަވާ ގާތްކަމާ އަޚުވަންތަކަމަށްޓަކައި ޝުކުރު ދަންނަވާފަ އެވެ. އޯއައިސީގެ ވަޒީފާއާ ގުޅިވަޑައިގެންނެވިތާ އެއް އަހަރު ވާން ކައިރިވެފައިވާއިރު، ރާއްޖެއަށް ވަރަށް ގިނަ ޚިދުމަތް ކުރައްވާފައިވާނެ ކަމަށާއި އެކަމަކު މިވަގުތު އެކަމުގެ ތަފްސީލް ހާމަކުރައްވަން ބޭނުން ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ރާއްޖޭގެ ދާޚިލީ އެއްވެސް ކަމަކާ ވާހަކަ ދައްކާފައި ނުވާނެ ކަމަށާއި އަމިއްލަ ހައިސިއްޔަތުން ވަކި ކަމެއްގައި ޕްރޮފެޝަނަލް ނުވަތަ އިލްމީ ހިޔާލެއް ދިނުމަކީ މަގާމުގެ ހައިސިއްޔަތު މަނާކުރާ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑު މިހާތަނަށް ރާއްޖޭގައި ހިނގި ކަންކަމުގެ ތެރެއިން ޕްރޮފެޝަނަލް ގޮތެއްގައި ވާހަކަ ދައްކާފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި އެމްއެންޔޫއާ އެއްކޮށްލުމަށް ދެކެވުނު ވާހަކައިގައި އެއްކޮށްނުލުމަށާއި، ޓެރަރިޒަމްގެ ޤާނޫނުގެ މައްސައާއި، މީގެ އިތުރުން އެމްޑީއެންގެ މައްސަލައެވެ،"

ޝަހީމް ވަނީ ރާއްޖޭގެ ކުރީގެ ތިން ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި މިނިސްޓަރުކަން އަދި ރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގެ ކުރީގެ ވައިސްޗާންސެލަރުކަމާއި އަދި ޗާންސެލަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ. އެހެންކަމުން ރާއްޖޭގެ އިސްލާމީ އެކިއެކި ކަންކަމުގައި ޕްރޮފެޝަނަލް ގޮތެއްގައި ނުވަތަ އިލްމީ ގޮތެއްގައި ހިޔާލު ދިނުމަކީ ކުރެވޭނެ ކަމެއް ކަމަށް ދެކޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ދުވަހަކު ވެސް ސަރުކާރަށް ހުތުރު ބަހެއް އަޅުގަނޑު ބުނެފައި ނުވާނެ އެވެ. ރައީސަށް ވެސް ނައިބް ރައީސަށް ވެސް، ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ބަދު ބަހެއް، ސިޔާސީ ގޮތުން ދެކޮޅުވެރި ބަހެއް ބުނެފައި ނުވާނެއެވެ،" ޝަހީމް ވިދާޅުވި އެވެ.

މީގެއިތުރުން ޝަހީމް ވިދާޅުވީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެންޑީއެން)ގެ މައްސަލައިގައި ވާހަކަ ދައްކާފައި ވަނީ އަމިއްލަ ހައިސިއްޔަތުން ކަމަށާއި އެމަނިކުފާނު އެދިވަޑައިގެންނެވީ އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުއްވުމަށް ކަމަށެވެ.

"އަދި އެއްވެސް ފަރާތަކުން މީހުންނަށް ބިރު ދައްކައި ގޯނާކޮށް އިންޒާރު ދިނުމަކީ ތާއިދު ކުރާ ކަމެއްނޫން ކަމުގައި ވެސް ބުނެފައިވާނެއެވެ. އިސްލާމީ ޢަޤީދާއާއި ރާސޫލާގެ ޠާހިރު ޝަރަފްވެރި ޝަޚުޞިއްޔަތަށް ބަދު ބަހެއް ބުނުމަކީ ޤާނޫނީ އިމުގެ ތެރެއިން އެކަމެއް ހުއްޓުވަންޖެހޭ ކަމެކެވެ. މިކަމުގައި އަޅުގަނޑު މި ބުނާ ބަސް ހުއްޓުވޭނެ އެއްވެސް އާދަމުގެ ދަރިއެއް މި އުޑު ދަށުގައި ނުހުންނާނެއެވެ،"

ޝަހީމް ފޭސްބުކް ޕޭޖުގައި އެމަނިކުފާނުގެ މަގާމާ ގުޅޭގޮތުން ވާހަކަދައްކަވާފައި މިވަނީ ޑރ. ޝަހީމް ރާއްޖޭގެ ދާހިލީ ކަންކަމަށް ފާޑު ވިދާޅުވާ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މައްސަލައެއް ހުށަހަޅުއްވާފައި ވަނިކޮށެވެ.
ހިޔާލު

ހޯލި

ޝަހީމް ކުރަންވީ ކަމަކީ ދީނުގެ ނަމުގައި ފަތުރަމުންދާ ފިތުނަ ހުއްޓުވުމުގެ އިލްމީ މަސައްކަތެވެ. ސަލަފް ޖަމިއްޔާއިން ހިންގަމުން އެ ގެންދާ ކަންކަން ރައްޔިތުންނަށް އިމްލީ ގޮތެއްގައި ސާފުކޮށް ދިނުމެވެ. ވަކިގޮތަކަށް ނަން ކިޔުމާއި ހެދުން އެޅުމާއި މިކަންކަން އިސްލާމްދީނުގައި އޮތްގޮތް ސާފުކޮށް ދިނުމެވެ. ދިވެހިންގެ އެއްބައެއްވަންތަކާއި އެއްބައިވަންތަކަން ނަގާލަން ދީނުގެ ނަމުގައި ހިންގަމުންދާ ޖަރީމާތަކަށް އިލްމީ ގޮތެއްގައި ޗެލެންޖު ކުރުމެވެ.

ނަސްރު

ނައިބް ރައީސްކަމަށް ކުރިމަތީ ކޮންޕާޓީއަކުން ތޯ ؟

ޚާލިދު ހުސައިން

ޝަހީމު މަސައްކަތް ކުރާނެތަނެއް އިގޭނީ ޝަހީމަށް. ކާކުތަ ޝަހީމަށް ވަކިތާކު މަސައްކަތް ނުކުރެވޭނެއޭ ބުނީ. އަބަދުވެސް ކޮންމެސް މީހަކަށް ގޮންޖެހޭތޯދޯ ތިޔައިޅެނީ. ދިމާކޮށްލާނެ މީހަކު ނެތިއްޔާ އަނބިމީހާއަށްވެސް ދިމާކުރާމީހެއް ޝަހީމަކީ.

Ahmed

ބަލަ އެހެން ޕާރޓީ އަކުން ނޫޅެޔޭ . ޅަނޑަޔާވާނީ ލަނޑަޔާއަށް. ތިކުރަން އުޅުއްވާކަންތައް ވަރަށް ސާފު. ޢެބައެނގޭ ޔާމީނަށް ޖަލައް ދިޔުން ގޮތެއްނެތްކަން އެހެންވީމަ އެޕާރޓީގެ ރައީސަކަށް ވުމުގެ ހުވަފެނުގަ. ބަލަ އިމްރާނުވެސް އެހެރީ ނޫން އަދާލަތު ފޭރިގަނެގެން.

މުހައްމަދު އަލީ

ޕޕއމ ގެ ހުރިހާމެންބަރުންވެސް މަރުހަބާ ދަންބަވަންތައްޔާރު..

އަހައްމާ

ޑރ ޝަހީމު ތި ވިދާޅުވީ ވަރަށް ރަގަޅު ވާހަކައެވެ. އިސްލާމް ދީން ހިމާޔަތް ކުރެވޭނީ އޭރުންތޯ ؟
ޑރ ކަން ލިބުނަސް އިސްލާމް ދީނުގައި ވެރިޔަކު އައްޔަނު ކުރަނީ ކީކުރައްކަށް ޑރ.ޝަހީމުއަށް އެގިލައްވާތޯ ؟ ރައްޔިތުންގެ ހައްގުތަކަށް އިސްލާމްދީނުގައި ދީފައިވާ އަހައްމިއްޔަތު އެގިލައްވާތޯ ؟ މިދިޔަ އަހަރު ތަކުގައި ގައުމުގެ ވެރިޔަކަށް ހުރި އަބްދުﷲ ޔާމިން ގެއަށް ހަލާލު ނޫން ފައިސާ ރައީސް ގެއަށް ވެއްދިކަން އެވަނީ އެއްބަސް ވެފައެވެ. އެމް އެމް ޕީ އާރު ސީގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރިކަން ރައްޔިތުން ގަބޫލު ކުރާއިރު ވެރިކަމުގައި ހުރެ ވިޔަފާރި ވެރީން ދިން ހަދިޔާތަށް ބޭނުން ކުރިކަން ވެސް އެވަނީ އެއްބަސް ވެފައެވެ. މިހާރު އެ ހަދިޔާތަށް ލިބޭތޯ ؟ އިސްލާމް ދީނުގެ ޓެގް އަޅުވައިގެން ދުވިޔަސް މާތްﷲ ކުޅަދުއްވައްތަ ކަމުން ހިތްތަކުގައިވާ ކަންކަން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާގެއެވެ.

މުއަސް

ވަޒީރު ކަމުގައި ހުރެގެން ހިންގާފައިވާ ވައްކަމާއި ޖަރީމާތަކާއި ޔުނިވާރސިޓީގައި ހުރެ އެތަނުގެ ވަސީލަތްތަކާއި މުދާ 2018 ގެ ރިޔާސީ އިންތިހާބުގައި ނާޖައިޒު ގޮތުގައި ބޭނުންކޮށް މަޤާމުގެ ބޭނުން ނަހަމަގޮރުގައި ކޮށް ޤާނޫނާއި ޚިލާފަށް މަޤާމުގައި ގަދަބާރުން ދެމިހުރި މައްސަލަ ބަލައި ކުޑަގޮޅިއަށް ދާންޖެހޭތީ ދައުލަތުގެ އިދާރާތަކަށް ބިރުދައްކަން އުޅޭނެ ކަމެއް ނެތް ތިމާވަރުގެ މީހަކު ނެތިގެން. ޔާމީން ކީއްކުރަން .....ގެ މުންޑުދަށަށް ވަދެ ފިލިއަސް ކުޑަގޮޅިއަށް ދާނެޖެހޭނެ ހަމަ.