Qaumee anhen Volleyball team ge manager akah Hamidha hamajassaifi
image
ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ހާމިދާ އަބްދުލް އަލީމް -- ފޮޓޯ: ޕޮލިސް
0 ކޮމެންޓް
 

ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ މެނޭޖަރަކަށް ހާމިދާ ހަމަޖައްސައިފި

ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ މެނޭޖަރަކަށް ހާމިދާ އަބްދުލް އަލީމް ހަމަޖައްސައިފި އެވެ.
ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރުގެ މަގާމުގައި ހުންނެވި ހާމިދާ ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ މެނޭޖަރަކަށް ހަމަޖައްސާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

ހާމިދާ ވަނީ 2007 ވަނަ އަހަރުން ފެށިގެން ޕޮލިސް ކުލަބަށް ކުޅެ ޕޮލިސް ކުލަބުގެ ކެޕްޓަންކަންވެސް ކޮށްފަ އެވެ.. އެގޮތުން 2007 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް ޕޮލިސް ކުލަަބުން ހޯދި ގިނަ ކާމިޔާބީތަކެއްގައި އޭނާ މުހިއްމު ދައުރެއް އަދާކޮށްފައިވެ އެވެ.

މީގެއިތުރުން ހާމިދާ ވަނީ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ގިނަ ކަމިޔާބީތަކެއް ވެސް ހާސިލްކޮށްފަ އެވެ. އަދި ޕޮލިސް ކުލަބުގެ 23 އަހަރުން ދަށުގެ ވޮލީ ޓީމުގެ މެނޭޖަރުކަންވެސް މީގެކުރިން އޭނާ ކޮށްފައިވެ އެވެ.
ހިޔާލު