14 Mahun 70 Kg luikohlaifi
image
ހަސަން އައްބާސް ހުސައިން
0 ކޮމެންޓް
 

14 މަސް ދުވަހުން 70 ކިލޯ ލުއިކޮށްލައިފި

ފަލަކޮށް ހުރުމަކީ މީހުންގެ މަލާމާތް ރައްދުވާ ކަމެކެވެ. ކިހޭނީ ކޮންއިރަކުތޯ އާއި ކެެއުން މަދު ކުރުމަށް ބުނެ އެތައް މަލާމާތެއް މީހުން ރައްދުކުރެ އެވެ. އެފަދަ ސަބަބުތަކުން ހިތްވަރު ލިބި އެތައް ބަޔަކު ހިކެންވެސް މަސައްކަތް ކުރެ އެވެ. މިފަހަރު ޕާކިސްތާނަށް އުފަން އުމުރުން 24 އަހަރުގެ ހަސަން އައްބާސް ހުސައިންނަށް ވެސް މީހުންގެ ސަމާލުކަން ލިބިގެން ދިޔައީ އޭނާގެ ހިތްވަރުން އެތައް ކިލޯއެއް ލުއިކޮށްލުމުންނެވެ.
ޔޫއޭއީގައި މިހާރު ދިރިއުޅެމުން އަންނަ ހަސަން، ބުނީ އޭރު އޭނާގެ ބަރުދަނުގައި 146 ކިލޯ ހުރި ކަމަށާއި ކެއުމުގައި އެއްވެސް ހައްދެއް ނެތް ކަމަށެވެ. އެގޮތުން އޭރު އެންމެން ވެސް ބުނަމުން އައީ އޭނާއަށް އަޅާލާނެ މީހަކު ނުވާނެ ކަމަށާއި އަދި ކައިވެނި ކުރީ ވެސް ގަދަ ކަމުން ކަމަށް ބުންޏެވެ.

އެއީ މީހާއަށް ވަރަށް ބޮޑު ހިތްދަތި ކަމެއް ގެނުވި ކަމެއްކަމަށް ބުނެ އޭނާ ބުނީ އެކަމުގެ ސަބަބުން މީހާ ބަދަލުވާން ބޭނުންވި ކަމަށެވެ. އެގޮތުން ކެއުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެނައިކަން ފާހަގަކުރި އެވެ.

އޭނާ ބުނީ ހިކެން ކުރި މަސައްކަތުގައި ހެނދުނުގެ ކެއުމުގައި ބޭނުންކުރީ ފެނު ކެއްކި ބިހަކާއި ޕާން ކަމަށެވެ. އަދި މެންދުރު ކަނީ ސެލެޑު ކަމަށް ވެސް ބުންޏެވެ. ހަސަން ބުނި ގޮތުގައި ރޭގަނޑު އޭނާއެއް ނުކަ އެވެ. އެކަމަކު 8-10 ތަށި ގްރީން ޓީ ބޯކަމަށް ވެސް ބުންޏެވެ.

އެގޮތަށް ދިރިއުޅުމަށް ގެނައި ބަދަލުގައި ކުރީކޮޅު ސިއްހަތަށް ގެއްލުންވާ ބައެއް ބާވަތްތައް ކޮންމެ ހުކުރު ދުވަހަކު ވެސް ބޭނުންކުރެވުން ކަމަށް ބުންޏެވެ. އެކަމަކު ފަހުން އެކަން ވެސް ރަނގަޅުކުރި ކަމަށް ފާހަގަކޮށް ހުސައިން ބުނީ، ބަނޑުހައިވާ ކޮންމެ ފަހަރު ކެއުމުގެ ބަދަލުގައި އޭނާ ބޮނީ ފެން ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ކެއުމަށް ބޮޑު ބަދަލެއް ގެނެސް ޖިމަށް ވެސް ދާން އޭނާ ފެށި ކަމަށެވެ. އެގޮތުން ކުރީކޮޅު ގައިގާ ކިތަންމެ ރިއްސި ނަމަވެސް ހިތްވަރު އެލުވާ ނުލާ ކަމަށެވެ. އެގޮތަށް މަސައްކަތްކޮށް އަހަރެއްގެ ތެރޭގައި 50 ކިލޯ ލުއި ކޮށްލެވުނު ކަމަށާއި އެ ހިސާބުން އޭނާއަށް ހިތްހަމަޖެހުން ލިބެން ފެށި ކަމަށެވެ. އަދި އެކަމުގައި ކުރިއަށްދާން އިތުރަށް ބޭނުންވީ ވެސް އެހެންވެ ކަމަށް ބުންޏެވެ.

ހިކިގެން ހިތްހަމަޖެހުމެއް ލިބުން ނަމަވެސް އިތުރު މައްސަލައެއް ވެސް އޭނާއަށް ވަނީ ކުރިމަތިވެފަ އެވެ. އެއީ ހިކެން ކުރި މަސައްކަތުގައި ހަންގަނޑު ވަރަށް ބޮޑަށް ދޫވެފައިވާތީ އެކަން ރަނގަޅު ކުރެވެން އޮތީ މީހާ ޖިމަށް ގޮސް އިތުރަށް މަސައްކަތް ކޮށްގެން ނުވަތަ އޮޕަރޭޝަން ކޮށްގެންނެވެ. އެކަމަކު އޭނާ ބޭނުން ވަނީ ޖިމަށް ގޮސް އަމިއްލަ މަސައްކަތުން އެކަން ވެސް ކާމިޔާބު ކުރާށެވެ.
ޕާކިސްތާން
ހިޔާލު