Enme kuda ujoora kanda ahan jeheynee viyafaari thah halaaku nuvaane gothakah: Siyam
image
މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު -- ފޮޓޯ / މަޖިލިސް
1 ކޮމެންޓް
 

އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ޖެހޭނީ ވިޔަފާރިތައް ހަލާކު ނުވާނެ ގޮތަކަށް: ސިޔާމް

އެންމެ ކުޑަ އުޖޫރަ ކަނޑައަޅަންޖެހޭނީ ވިޔަފާރިތައް ހަލާކު ނުވާނެ ގޮތަކަށް ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިނިމަމް ވޭޖުގެ ގަރާރަށް ބަހުސް ކުރައްވަމުން ސިޔާމް މިއަދު ވިދާޅުވީ އިގްތިސޯދަކީ އަބަދުވެސް ސަޕްލައި އާއި ޑިމާންޑަށް ދައުރު ކުރާ އެއްޗެއް ކަމަށެވެ. މި ނޫން ގޮތަކަށް އިގްތިސޯދުގެ އެއްވެސް އެއްޗެއް ކަނޑައަޅައިފި ކަމަށްވާ ނަމަ އެ އިގްތިސޯދެއް ހަލާކުވެގެން ހިނގައިދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ ރާއްޖެއަށް ވުރެ މާ މުއްސަނދި ގައުމުތައް ވެސް ދުނިޔޭގައި އެބަހުރި ކަމަށާއި އެއިން އެއްވެސް ގައުމަކުން މިނިމަމް ވޭޖެއް ކަނޑައަޅާފައި ނުވާ ކަމަށެވެ.

"ދުނިޔޭގެ ކުރިއަރާފައިވާ އިގްތިސޯދުތަކުގައި މިނިމަމް އުޖޫރައެއް އަދި ކަނޑައަޅާފައެއް ނުވޭ. އެހެންނަމަވެސް އަޅުގަނޑުމެން އެބަ ގަބޫލުކުރަންޖެހޭ މަސައްކަތް ކުރާ މީހާއަށް އޭނައަށް ރަނގަޅަށް ދިރިއުޅުމުގެ ހައްގުތައް އޭނައާ އޭނާގެ އާއިލާގެ ހަރަދުތައް ބެލެހެއްޓޭނެ ގޮތަކަށް ކުރިއަށްދިއުން،" ސިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަޒީފާ ބޭނުންވެގެން އުޅޭ އެންމެންނަށްވެސް ވަޒީފާ ލިބެމުން އަންނަ ކަމަށެވެ. ރާއްޖޭގައި ވަޒީފާތައް ގިނަކަން ފާހަގަކުރައްވާ ސިޔާމް ވިދާޅުވީ މިއަދު ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންވެސް ގިނަވެގެން އުޅެނީ ވަޒީފާތައް ގިނަވުމުން ކަމަށެވެ.

"މިނިމަމް އުޖޫރައެއް ކަނޑައަޅައިފިނަމަ ޑިމާންޑްް އެންޑް ސަޕްލައިއަށް ބަލާ ކަމަށްވާނަމަ އަޅުގަނޑުމެންނަށް ލިބެމުން މިދަނީ ބަންގާޅިން. މި އަގުހެޔޮ ލޭބަރުން އަޅުގަނޑުމެން މި ގެންނަނީ ކީއްވެގެންތޯ. އެ ވިޔަފާރިގެ އުސޫލުތަކަށްވާތީ، އެއީ ޑިމާންޑް އެންޑް ސަޕްލައި އަކަށްވާތީ، އެނޫން ގޮތަކަށް ވިޔަފާރި ކޮށްފި ކަމަށްވާނަމަ ވިޔަފާރި ހަލާކުވުމުގެ ފުރުސަތު އޮންނާނެތީ،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް އިތުރަށް ވިދާޅުވީ މުޅި ދުނިޔޭގައިވެސް ޓެކްސް ނުނަގާ ވަރަށް ރާއްޖޭގައި ޓެކްސް ނަގަމުން އަންނަ ކަމަށެވެ. އެގޮތުން ވިޔަފާރި ކޮށްގެން ލިބޭ އެއްޗެއްގެ 65 ޕަސެންޓާއި 70 ޕަސަންޓް މިހާރު ދައްކަންޖެހޭ ދައުލަތަށް ކަމުގައިވެސް ސިޔާމް ވަނީ ވިދާޅުވެފަ އެވެ.
މަޖިލިސް
ހިޔާލު

ސުންބާ

ފަގީރަކައްރަނގަލެއްވުމައް މުއްސަނދިން ނޭދޭނެ