Aammunge therein JSC ah 6 beyfulhaku
image
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ---
0 ކޮމެންޓް
 

އާއްމުންގެ ތެރެއިން ޖޭއެސްސީއަށް ހަ ބޭފުޅަކު ކުރިމަތިލައްވައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުގެ ތެރެއިން ކަނޑައަޅާ މެމްބަރަކު ހޮވަން ހުޅުވާލި ފުރުސަތުގައި ހަ ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވައިފިއެވެ.
މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވަމުން މަޖިލީހުގެ ރިޔާސަތުން ވަނީ އެ ހަ ބޭފުޅުންގެ ނަންތައް އިއުލާނު ކުރެއްވުމަށްފަހު އެ ބޭފުޅުންގެ ނަންތައް ދިރާސާ ކުރެއްވުމަށް ޖުޑިޝަރީ ކޮމެޓީއަށް ފޮނުވާފައެވެ.

ޖޭއެސްސީއަށް ކުރިމަތިލެއްވި ބޭފުޅުން:

ޒުބައިރު އަހުމަދު މަނިކު، ގ. މަލްވިނަ
އަލީ މުހައްމަދު މަނިކު، ދަފްތަރު ނަމްބަރު 1851
އަހުމަދު މިޒްމާދު، މއ. ލޫޕިން
އަހުމަދު ސާވީ، ދަފްތަރު ނަމްބަރު 5295
މިރުފަތު ފާއިޒު، މއ.ރަންފޮށި
ހުސެއިން އަމްރު، ވ. ރޯޝަން

ޖޭއެސްސީ އެކުލެވިގެންވަނީ، އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރަކާއި ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެއްގެ މައްޗަށެވެ.

ޖޭއެސްސީ
ހިޔާލު