Gaanoonu asaasee aa khilaafu vumakee Fandiyaarun vaki kureveyne haalatheh: Report
image
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން --
0 ކޮމެންޓް
 

ގާނޫނު އަސާސީއާ ހިލާފަށް ކަންކަން ނިންމުމަކީ ފަނޑިޔާރުކަމުން ވަކި ކުރެވޭނެ ހާލަތެއް: ކޮމެޓީ ރިޕޯޓު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގާނޫނު އަސާސީއާ ހިލާފަށް ކަންކަން ކޮށްފައި ހުރުމަކީ އެ ފަނޑިޔާރުން މަގާމުން ވަކި ކުރެވިދާނެ ހާލަތެއް ކަމަށް ޖުޑީޝަރީ ކޮމެޓީން ބުނެފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައިވާ ކަންތައްތަކާއި ގުޅޭގޮތުން ޖޭއެސްސީން އެކުލަވާލި ރިޕޯޓު ދިރާސާ ކުރެއްވުމަށްފަހު ނެރުނު ކޮމެޓީ ރިޕޯޓުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގާނޫނު އަސާސީއާ ހިލާފު އަމަލުތައް ކޮށްފައިވުމުގެ ސަބަބުން އެ ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ބަލާ އެ ފަނޑިޔާރުންނާއި މެދު ފިޔަވަޅު އެޅުމަށް އަންގާ ކަމަށެވެ.

ކޮމެޓީ ރިޕޯޓުގައި ވަނީ ޖޭއެސްސީން ހިމަނާފައި ނުވާ އެހެންނަމަވެސް ޖޭއެސްސީގެ އެ ރިޕޯޓަށް ބަހުސް ކުރެއްވިއިރު މަޖިލިސް ތަޅުމުގައި މެންބަރުން ފާހަގަކުރެއްވި ބައެއް ނުކުތާތައް ކޮމެޓީ ރިޕޯޓުގައި ހިމަނާފައެވެ. އެގޮތުން ވަގުތީ ސުޕްރީމް ކޯޓުގައި އުއްތަމަ ފަނޑިޔާރަކު ނުހުންނަވާނެކަން ކަނޑައެޅިގެން އޮތްއިރުވެސް އޭރު އުއްތަމަ ފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާ ކުރައްވަމުން ގެންދެވި ބޭފުޅާ އެމަނިކުފާނަކީ އުއްތަމަ ފަނޑިޔާރު ކަމަށް އަމިއްލަފުޅަށް ނިންމަވާ އެކި ފަރާތްތަކަށް ސިޓީ ފޮނުވަމުން ގެންދެވި މައްސަލަ ވަނީ ރިޕޯޓުގައި ހިމަނާފައެވެ.

ހަމައެއާއެކު 2013ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ލީ ވޯޓު އެއްވެސް ސަބަބެއް ނެތި ސިޔާސީ މަންފާއަކަށް ބާތިލްކުރި މައްސަލައާ ފަނޑިޔާރުގެއާ ސުޕްރީމް ކޯޓު އިސްލާ ކުރުމަށް ވަކީލުންތަކެއް ހިޔާލުފާޅު ކުރެއްވުމުގެ ހައްގުގެ ބޭނުން ހިފުމުން އެކަން ސުޕްރީމް ކޯޓުން ނިގުޅައިގެންފައިވާކަން ވެސް ވަނީ ކޮމެޓީ ރިޕޯޓުގައި ފާހަގަކޮށްފައެވެ.

މި މައްސަލައާ މެދު މިއަދުގެ މަޖިލީހުގައި ގޮތެއް ނިންމާނެއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރިޕޯޓުގައި ގާނޫނު އަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ކަމަށް ބުނެފައިވާ ކަންކަމުގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 21 ވަނަ މައްދާގެ (ބ) އުވާލައި، އަދުލު އިންސާފު ގާއިމްކުރުމުގެ އިދާރީ ކަންކަން ހިންގައި ބެލެހެއްޓުމާ ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވުމާއި
ރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 8 ވަނަ ބާބުގެ 82 ވަނަ މާއްދާއިން ފެށިގެން 94 ވަނަ މާއްދާގެ ނިޔަލަށް އުވާލުން
ވަކީލުންގެ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުން ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވުން ހިމެނެއެވެ.

ހަމައެއާއެކުގާނޫނީ ވަކީލުންނަށް ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން މަނާކުރުމާއި އިސްތިއުނާފުކުރުމުގެ މުއްދަތު ކުޑަކޮށް އެ މުއްދަތާ ގުޅޭގޮތުން ކޯޓުތަކުގެ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނާއި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނާއި މައުލޫމަތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ކަނޑައަޅާފައިވާ މާއްދާތައް ސުޕްރީމް ކޯޓުން ބާތިލު ކުރުމުގެ އިތުރުން ދަށު ކޯޓުތަކުގެ ގާޒީން އެއްކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން ގަވައިދެއް ހަދައި، ގާނޫނުގެ ދަށުން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ދީފައިވާ ބާރު ނެގުން ހިމެނެއެވެ.
ޖޭއެސްސީ
ހިޔާލު