PPM Memberunnah neygi ehen party thakah badhalu kuri massalla eh hushahalhaifi
image
ޝިޔާމް ނޫސްވެރިންނާ ވާހަކަދައްކަވަނީ---
1 ކޮމެންޓް
 

ޕީޕީއެމް މެންބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ބަދަލުކުރި މައްސަލައެއް އިލެކްޝަނަށް ހުށަހަޅައިފި

އިދިކޮޅު ޕާޓީ ޕީޕީއެމްގެ އާއްމު މެންބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ބަދަލުކުރެވިފައިވާ މައްސަލައެއް އިލެކްޝަންސް ކޮމިޝަނަށް ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ހުށަހަޅައިފިއެވެ.
މި މައްސަލާގައި ޕްރޮގްރެސިވް ކޯލިޝަނުން ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާއި ބައްދަލުކުރައްވާ އެކަމާއި ގުޅިގެން މަޝްވަރާ ކޮށްފައެވެ.

އެ ބައްދަލުުވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކޮށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ވިދާޅުވީ ޕީޕީއެމް އަދި ޕީއެންސީން މިއަދު އިލެކްޝަން ކޮމިޝަނާ ބައްދަލުކޮށްފައިވަނީ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ. އެގޮތުން އެންމެ ބޮޑު ކަންބޮޑުވުމަކީ ޕީޕީއެމްގެ އާއްމު މެންބަރުންގެ ދަފްތަރުން މެންބަރުން މަދުވާ މައްސަލަ ކަމަށާއި ކޮންމެ ފަހަރަކު އިލެކްޝަން ކޮމިޝަނުން ޕާޓީތަކުގެ ދަފްތަރު އާއްމު ކުރާއިރު ހާހުން މެންބަރުން މަދުވާކަން ފާހަގަކުރެވޭ ކަމަށެވެ.

ޝިޔާމް ވިދާޅުވީ އެހެން ކަންތައް ވަމުން ދާތީ އިލެކްޝަން ކޮމިޝަނުން ފޮނުވާ ލިސްޓަށް ޕީޕީއެމްއިން ގުޅަމުން އަންނަ ކަމަށާއި ނަމަވެސް ގުޅާ ގިނަ މެންބަރުންނަށް އެކަން އެގޮތަށް ހިނގާ ކަމެއް [މެންބަރުންނަށް ނޭނގި އެހެން ޕާޓީއެއްގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މައްސަލަ] ނޭނގޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ލިސްޓުގެ ގާތްގަނޑަކަށް 60 އިންސައްތަ މިވަނީ އެބޭފުޅުންނަށް އެނގިވަޑައިގެން ނުގެން އެބޭފުޅުންގެ ނަން އެހެން ޕާޓީއެއްގެ ދަފްތަރަށް ވަދެފަ، އެހެންވެ މިއީ ވަރަށް ބޮޑު މައްސަލައެއް ގޮތުގައި އަޅުގަނޑުމެން މިބަލަނީ" ސިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގައި ވެސް އަދި އެހެން މުއައްސަސާއެއްގައިވެސް ފިންގަ ޕްރިންޓު ވެރިފައި ކުރެވޭނެ ނިޒާމެއް ނެތް ކަމަށާއި އެއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

އޭނާ ވިދާޅުވީ ދާދިފަހުންވެސް އެޕާޓީގެ އިސް ސަފުގައި ތިއްބެވި ގިނަ އަދަދެއްގެ ފަރާތްތަކުން އެހެން ޕާޓީތަކާއި ގުޅިވަޑައިގެންފައިވާ ކަމަށާއި އަދި އެބޭފުޅުން އަލަށް ގުޅިވަޑައިގެންނެވި ޕާޓީތަކުގެ މެންބަރުން އިތުރުކުރަމުން އަންނަ މަސައްކަތްތަކުގައި އެކަން ދިމާވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"އެފަހަރުގައި ވެދާނެ އެބޭފުޅުން އެޕާޓީތަކަށް ގުޅިވަޑައިގަންނަވާއިރު ވަކި ގޮތަކަށް ކޮމިޓްމަންޓު ދެވެނީ ކަމަށް. މިވެނި އަދަދެއްގެ މެންބަރުންނާއި އެކުގައޭ ތިމަންނަމެން ޕާޓީއަށް ޖޮއިން ކުރައްވަނީ. އެހެންވީމަ މިއީ އަޅުގަނޑުމެންނަށް ފާހަގަކުރެވުނު މައްސަލައެއް،" ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާއި އެކު ބޭއްވި ބައްދަލުވުމުގައި އެކަން ހައްލު ކުރެވޭނީ ކޮން ގޮތަކަށްތޯ މަޝްވަރާ ކުރެވުނު ކަމަށެވެ. އެހެންނަމަވެސް އޭނާ ވިދާޅުވީ މިއަދު އެނގިގެން ދިޔައީ އެކަމަށް ހައްލެއް ލިބިގެން ނުދާނެކަން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތައް ހިންގުމަށްޓަކައި ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ މެންބަރުންގެ އަދަދަށް ބަލާފައެވެ. އިލެކްޝަންސް ކޮމިޝަނުގައި ނުވަ ސިޔާސީ ޕާޓީއެއް ރެޖިސްޓްރީކޮށްފައިވެ އެވެ. އޭގެ ތެރެއިން މިއަހަރު ފައިސާ ދޫކޮށްފައިވަނީ 10،000 މެމްބަރުންނަށްވުރެ ގިނަ މެމްބަރުން ތިބި ހަތަރު ޕާޓީތަކަށެވެ. ހަތަރު ޕާޓީއަށް ދައުލަތުގެ ބަޖެޓުން މި އަހަރު 26.2 މިލިއަން ރުފިޔާ ދޭން އޮތީ ކަނޑައަޅައިފަ އެވެ.

މިއަރު މެމްބަރުންގެ އަދަދަށް ބަލައި ފާޓީތަކަށް ލިބުނު ފައިސާގެ އަދަދު:

އެމްޑީޕީ - 12 މިލިއަން
ޕީޕީއެމް - 9 މިލިއަން
ޖޭޕީ - 2 މިލިއަން
އެމްޑީއޭ - 2 މިލިއަން
ހިޔާލު

Ahmed

އަހަރެން ޕީޕީ އެމް އަށް ރެޖިސްޓަރ ކޮއްފަވަނީ އަހަންނަށް ނޭގި...