MIRA ah Fathuhullah Ayyan kuran Committee in nihmmaifi
image
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރަން ކޮމެޓީން ނިންމި ފަތުހުﷲ --
0 ކޮމެންޓް
 

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަށް ފަތުހުﷲ އައްޔަންކުރަން ކޮމެޓީން ނިންމައިފި

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުހުﷲ ޖަމީލް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުން މަޖިލީހުގެ އިގްތިސޯދީ ކޮމެޓީން ނިންމައިފިއެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަށް އައްޔަން ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވީ ދެ ނަމެކެވެ. އެއީ ފަތުހުﷲ ގެ އިތުރުން އިސްމާއީލް ނާޝިދުގެ ނަމެވެ. މީގެތެރެއިން ފަތުހުﷲ އަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަރެކެވެ. އަދި ނާޝިދަކީ ކަސްޓަމްސްގެ އެސިސްޓެންޓު ކޮމިޝަނަރެވެ. އޭނާ ކަސްޓަމްސްގައި މަސައްކަތް ކުރައްވާތާ 18 އަހަރު މިހާރު ވަނީ ވެފައެވެ.

މި ދެ ބޭފުޅުންގެ ނަން ދިރާސާކުރިއިރު ކޮމެޓީން ވަނީ ދެ ބޭފުޅުންގެ ނަމަށް އާއްމުންގެ ހިޔާލު ހޯދަންވެސް ހުޅުވާލައިފައެވެ.

ފަތުހުﷲ ގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމަށްވެސް ކޮމެޓީން ވަނީ ދެ ބޭފުޅަކު އައްޔަން ކުރުމަށް ނިންމާ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. މި މަގާމަށް އައްޔަން ކުރުމަށް ރައީސް މަޖިލީހަށް ފޮނުއްވީ ހަ ބޭފުޅެއްގެ ނަމެކެވެ. އޭގެތެރެއިން ކޮމެޓީން ނިންމީ ހއ. އިހަވަންދޫ، ވައިޖެހޭގެ، އަސްމާ ޝަފީއު އާއި މއ. ވިލާރޮދި، އިސްމާއިލް ސާޖިދުގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ.

މީރާގެ އިސް މަގާމުތަކަށް ހުސްވެފައި މިވަނީ މީރާގެ ގާނޫނަށް ގެނައި އިސްލާހަކުން ކުރިން އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަގާމު ގެއްލިގެން ދިއުމުންނެވެ.
މީރާ މަޖިލިސް
ހިޔާލު